Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު ނިހާދު

ސިޔާސީ މަގާމެއްގައި ހުރެ ރައީސްގެ ސިޔާސަތައް ހަޖޫ ޖެހުމަކީ ހަރާންކޯރުވުން: ނިހާދު

ރައީސް އިބްރާހީމް މުހައްމަދު ސޯލުހު ދެއްވި ސިޔާސީ މަގާމެއްގައި ހުރެ އެމަނިކުފާނުގެ ސިޔާސަތަށް ހަޖޫ ޖެހުމަކީ ހަރާންކޯރުވުން ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޓުއަރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު) އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީތުކުރުމަކީ ޣައްދާރުވުމުގެ ގޮތުގައި ނިހާދު އިއްޔެ ވެސް ވަނީ ސިފަކުރައްވާފަ އެވެ.
ނިހާދު ތާއީދުކުރައްވަނީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވާ، ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
ރައީސް ނަޝީދަށް ތާއީދުކުރައްވަމުން ސްމިތު ވިދާޅުވެފައިވަނީ އޭނާ މިވަގުތުވެސް ހުރީ ރައީސުލްޖުމުހުރިއްޔާ ދެއްވާފައިހުރި މަގާމެއްގައި ކަމަށާއި ނަމަވެސް އެމްޑީޕީގައި ހަރަކާތްތެރިވާ ހުރިހާ ޒުވާނުންނާ ސިޔާސީ މަގާމުތަކުގައި ތިބި އެންމެން ވެސް މަގާމުގެ ބިރު ނުގަނެ ރައީސް ނަޝީދާ އެއްކޮށް ނިކުމެ އެ މަނިކުފާނަށް ތާއީދުކުރުމަށް ގޮވާލާ ކަމަށެވެ.
އެކަމަކީ ޣައްދާރުވުން ގޮތުގައި ނިހާދު ސިފަކުރެއްވުމުން، ސްމިތު ކުރެއްވި ޓުވީޓެއްގައި ވަނީ ނިހާދު ތާއިދު ކުރާ މީހަކަށް ތާއިދުނުކުރާ ހުރިހާ މީހުންނަކީ ގައްދާރުން ގޮތުގައި ލޭބަލްވާ ގޮތަށް ޕާޓީތަކުގެ އަސާސީ ގަވައިދު ބަދަލުކުރަންވީ ނޫންތޯ ސުވާލުކޮށްފަ އެވެ.
އެކަމާ ގުޅިގެން ނިހާދު ވިދާޅުވީ އެމީހަކު ތާއީދުކުރާނެ މީހަކަށް ކުރުން އޯކޭ ކަމަށެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ކުރާ މަގާމެއްގައި ހުރެފައި، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަށް ހަޖޫ ޖަހައި ބެވުމާއި ވަގަށް ގޮވުމަކީ ހަރާންކޯރުވުން ކަމަށް އަނެއްކާވެސް އޭނާ ވިދާޅުވި އެވެ.
".. ޑިއުޓީއަށް ނުނުކުމެ ގޭގައި އޮވެގެން މުސާރަ ނެގުން ވާނީ ރައްޔިތުންގެ ފައިސާއަށް ހަރާންކޯރު ވުމަށް. އެ ފައިސާ ކާންވެސް ހެޔޮ ނުވާނެ،" ނިހާދު ސްމިތައް ރައްދުދެއްވަމުން ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ