Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަތުރުފަތުރު

ފުރަތަމަ 12 ދުވަސް: ސަރުކާރު ދަތުރުތަކަށް 1.5 މިލިއަން ރުފިޔާ!

މި އަހަރުގެ ފުރަތަމަ 12 ދުވަހު ސަރުކާރުން ދަތުރުތަކަށް 1.5 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި 1 ޖެނުއަރީ 2023 އިން 12 ޖެނުއަރީ 2023 ގެ ނިޔަލަށް ސަރުކާރުން ދަތުރުތަކަށް 1.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރަށްވުރެ 3 ލައްކަ ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ސަރުކާރުން ދަތުރުތަކަށް ޚަރަދުކޮށްފައިވަނީ 1.2 މިލިއަން ރުފިޔާއެވެ.

ފުރަތަމަ 12 ދުވަހުން 2 މިލިއަނާ ގާތަށް ސަރުކާރުން ޚަރަދުކޮށްފައިވާއިރު އަހަރު ފެށުނީއްސުރެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ގެންދަވަނީ ދަތުރުކުރައްވަމުންނެވެ. ސަރުކާރުގެ ރަސްމީ ދަތުރުތަކުގެ ނަމުގައި ރަށްރަށަށް ދަތުރުކުރެއްވިއަސް އެމަނިކުފާނު އުޅުއްވަނީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ކެމްޕެއިންގައެވެ.

މިއަހަރު ދަތުރުތަކަށް 210.2 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު މިދިޔަ އަހަރު ދަތުރުކުރަން ބަޖެޓުކުރިވަރަށް ވުރެ އެތަށް މިލިއަނެއް ސަރުކާރުން ދަތުރުތަކަށް ހޭދަކޮށްފައިވެއެވެ.

ދަތުރުތަކަށް މިހާތަނަށްވެސް ބޮޑު ޚަރަދެއްކޮށްފައިވާއިރު މިއީ އިންތިހާބު އަހަރު ކަމުން، ރައީސް އިބްރާހިމް ރާއްޖޭގެ އެކި ހިސާބުތަކަށްވެސް ދައުލަތުގެ ހަރަދުގައި ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ބައެއް ބޭރު ޤައުމުތަކަށް ދަތުރުކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ކޮންމެ އަހަރުވެސް ސަރުކާރުން ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެއެވެ. އެގޮތުން ފާއިތުވި އަހަރުވެސް ރައީސް އިބްރާހިމާއި ސަރުކާރުގެ އިސްވެރިން ވަނީ ގައުމުން ބޭރަށް ގިނަ ދަތުރުތަކެއް ކުރައްވާފައެވެ. މީގެ ކުރިން ރައީސް އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަކީ ވަރަށް ގިނައިން ދަތުރުކުރާ ހިތްވާ ބޭފުޅެކެވެ.

މި ލިއުމާއި ގުޅޭ