Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކާ ސިފައިންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު!

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ސިފައިންގެ މީހުންގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްއެންޑީއެފުން ދީފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފަލެޓުގައި މިހާރު ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން 2,678 ފުލެޓުން ފާއިތުވި ތިން މަހުގެ ކުލި ދައްކާފައި ނުވާކަމަށް އެޗްޑީސީން މި މަހު ކުރީކޮޅު ވަނީ ބުނެފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގައި އުޅޭ ސިފައިންގެ ތެރެއިން ގަވާއިދުން ކުލި ނުދައްކާ މީހުންގެ ލިސްޓެއް އެޗްޑީސީން ވަނީ އެމްއެންޑީއޭފްއާ ހިއްސާކޮށްފަ އެވެ.

އެމްއެންޑީއެފުން ވަނީ އެ ސިފައިން ހާޒިރުކޮށް ކުލި ނުދައްކާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި ޕްރޮމޯޝަން ލިބުން ފަދަ ކަންކަމަށް އޭގެ ސަބަބުން އަސަރު ކުރާނެ ކަމަށް ބުނެފައިވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ ފްލެޓުތަކުން ކުލީގެ ގޮތުގައި ނެގުމަށް އޭރު ނިންމާފައި އޮތީ މެއިންޓެނެންސް ފީއާ އެކު 6،500ރ. އެވެ. އެކަމަކު މި ސަރުކާރު އައުމަށްފަހު ފަހުން ފްލެޓުތަކުގެ ކުލި ބޮޑުކުރީ އެވެ.

އެގޮތުން ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި 7،500 ރުފިޔާ ކަނޑައަޅާފައިވާއިރު ސާވިސް ނުވަތަ މެއިންޓެނެންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު ޖުމްލަ 8،500 ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހޭނެ އެވެ. ފްލެޓު ލިބުނު ފަރާތްތަކުން އެ ކުލި ނެގުމާ ދެކޮޅަށް މީގެ ކުރިން އެތައް ފަހަރު މުޒާހަރާ ވެސް ކުރި އެވެ.
މި ލިއުމާއި ގުޅޭ