Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުވަސްވީ މީހުންގެ އާބާދީ

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ ލުސީލް ރޮންޑޮން އުމުރުން 118 އަހަރުގައި މަރުވެއްޖެއެވެ.

ރޭންޑޮން އުފަންވީ 1904ގެ ފެބްރުއަރީ 11 ވަނަ ދުވަހުގައިއެވެ. ގެރޮންޓޯލޮޖީ ރީސާޗް ގްރޫޕް (ޖީއާރުޖީ)ގެ ދުނިޔޭގެ 110 އަހަރުން މަތީގެ މީހުންގެ ލިސްޓުގައިވާގޮތުން، ނިޔާވުމުގެ ކުރިން އޭނާއަކީ ދުނިޔޭގެ އެންމެ ދުވަސްވީ މީހާއެވެ. މި ލަގަބު އޭނާއަށް ދިނީ، އެ ލަގަބު ކުރިންއޮތް ޖަޕާނުގެ ކޭން ޓަނަކާ، އުމުރުން 119ގައި މިދިޔަ އަހަރު މަރުވުންނެވެ. ގިނެސް ވޯލްޑް ރިކޯޑުން ވަނީ ނިމުނު އަހަރު އޭޕްރީލް މަހުގައި އޭނާއަށް އެ ލަގަބު ދީފައެވެ.

ސިސްޓާ އާންޑްރޭގެ ނަމުން ފަހުން މުޚާތަބުކުރެވުނު ރޭންޑޮން އުފަންވި އަހަރަކީ، ނިއުޔޯކްގައި ރޭލު ދަތުރު ކުރާ ބިމު އަޑީގައި ހަދާފައިވާ ސަބްވޭ އެންމެ ފުރަތަމަ ފަހަރަށް އިފްތިތާހް ކުރެވެނު އަހަރެވެ. އެއީ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމުގެ 10 ވަރަކަށް އަހަރު ކުރިންނެވެ.

ފްރާންސް ގެ އެލިޒްއަށް ނިސްބަތްވާ، އޭނާގެ ބެލެނިވެރިންނަށް ލިބުނު 4 ކުދިންގެ ތެރެއިން ރޭންޑޮންއަކީ ހަމައެކަނި އަންހެން ކުއްޖާއެވެ.. އޭނާގެ ޅަފަތުގެ ދުވަސްތަކުގެ ހަނދާންތައް ތެރެއިން އެންމެ ލޯތްބާއިއެކީ ހަނދާނަށް ގެނެވޭ ހިނދުކޮޅަކީ 1918ގައި އޭނާގެ 2 ބޭބެ ހަނގުރާމަ ނިންމާފައި ގެއަށް އަނބުރާ އައި ދުވަސްކަމަށް، އޭނާގެ 116ވަނަ އުފަންދުވަހުގައި އޭއެފްޕީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"އޭރުގައި ހަނގުރާމައިގާ މަރުނުވެ 2 މީހަކު އަނބުރާ ގެއަށް އައުމަކީ ވަރަށް ނާދިރުކަމެއް. އެކަމަކު އެބުރު އެ ދެ މީހުންވެސް އަނބުރާ ގެއަށް އައި"، އެ ދުވަހުގެ ފޮނި އިހުސާސްތައް ހަނދާނަށް ގެންނަމުން އޭނާ ބުންޏެވެ.

ކުރިން ޕެރިސްގައި މަހުޖަނުންގެ ދަރިންނަށް ތައުލީމުދޭން ގަވަނެސްއެއްގެ ގޮތުގައި މަސައްކަތްކޮށްފައި، 26 އަހަރުގައި އޭނާވަނީ ބެޕްޓައިޒްވެ ނަސާރާއަކަށް ވެފައެވެ. އޭގެ ފަހުން 41 އަހަރު ފުރުމުން އޭނާވަނީ، މީހުންނަށް އެހީ ވުމުގެ މަގުގައި ކުރިއަށް ދިއުމުގެ މަގުސަދުގައި، ޑޯޓާސް އޮފް ޗެރިޓީ ނަމަކަށް ކިޔާ ނަންސްގެ ޖަމާއަތަކާ ގުޅިފައެވެ.

އެއަށްފަހު ސިސްޓާ އާންޑްރޭގެ ނަމުން އޭނާއަށް މުހާތަބުކުރަން ފެށުނެވެ. އެ ޖަމާއަތުން ސިސްޓާ އާންޑްރޭ ފޮނުވީ ފްރާންސް ގެ ވިޗީގައި ހުންނަ ހޮސްޕިޓަލެއްގައި މަސައްކަތްކުރާށެވެ. އެތަނުގައި މީހުންނަށް އަޅާލުމުގައި އަދި އެހީ ފޯރުކޮށްދިނުމުގައި އޭނާގެ ހަޔާތުން 31 އަހަރު ހޭދަކުރިއެވެ.

އުމުރުން 108 އަހަރު ވަންދެން ކެނޑނޭޅި މީހުންނަށް އެހީވުމުގައި މަސައްކަތްކުރި ސިސްޓާ އާންޑްރޭ އޭނާގެ ދިގު އުމުރުގެ ސަބަބުކަމަށްވެސް ބުނަނީ އޭނާގެ ހަޔާތުގެ ގިނަ އަހަރުތަކެއް މީހުންނަށް އަޅާލުމުގައި ހޭދަކުރެވުމެވެ.

"ހުރިހާ އެންމެންވެސް އަނެކާއާއި މެދު ހިތުގައި ނަފްރަތުގެ ބަދަލުގައި ލޯބި އާލާކުރަން ޖެހޭ. އެ ލޯބި އާލާކޮށް އެހެންމީހުންނާއި ހިއްސާކުރުމުން ވަރަށް ގިނަކަންކަން ދުނިޔޭގައި ރަނގަޅުވެގެން ދާނެ"، އޭނާ ބުންޏެވެ.

އޭނާގެ އޯގާތެރި، އެހީތެރިކަމުގެ ޝަހްސިއްޔަތުގެ މިސާލެއްކަމުގައި ބުނެދެނީ، އޭނާގެ ލޮލުގެ ފެނުން ނެތިގޮސް، ފުރޮޅުލީ ގޮޑިއެއްގެ ބޭނުން ޖެހިފައި އިން ނިކަމެތި ހާލުގައިވެސް، އޭނާއަށް ވުރެން ޒުވާން މީހުންނަށް އަޅާލިކަމެވެ.

ދިގުއުމުރުގެ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ލޯރެންޓް ޓުސެއިންޓް ސިސްޓާ އާންޑްރޭގެ ވާހަކަ އޭއެފްޕީއާއި ދައްކަވަމުން ވިދާޅުވަނީ، ލަފާކުރާގޮތުން މިހާރު ފްރާންސްގައި އެންމެ ދުވަސްވީ މީހާގެ ލަގަބު އޮންނާނީ 112 އަހަރުގެ މެރީ-ރޯސް ޓެސިއާ ނަމަކަށް ކިޔާ، ވެންޑީއަށް ނިސްބަތްވާ އަންހެންމީހެއްގެ އަތުގައިކަމަށެވެ.

އަދިއަދަށްދާންދެންވެސް އެންމެ ދުވަސްވަންދެން ދިރިހުރި މީހެއްކަމަށް ރިކޯޑް ކުރެވިފައިވަނީ، 1997 ވަނަ އަހަރުގައި ނިޔާވި ޖިއާން ކޭލްމެންޓްއެވެ. އޭނާ މަރުވީ 122 އަހަރުގައި، ދެކުނު ފްރާންސްގެ އާރލްސްގައިއެވެ.

މި ލިއުމާއި ގުޅޭ