Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަތުރުފަތުރު

މިއީ ދުނިޔޭގެ އެންމެ ދިގު ރޭލު ދަތުރު!

އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަށް ރޭލަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ބޭނުންކުރާ ވަސީލަތެކެވެ. ވައިގެ ދަތުރުފަތުރު މިހާރު ވަރަށް ކުރިއަރާފައި ވީނަމަވެސް އަދިވެސް ވަރަށް ގިނަ ޤައުމުތަކުގައި އެއް ސިޓީއިން އަނެއް ސިޓީއަށް ދިޔުމަށް މައިގަނޑުގޮތެއްގައި ބޭނުން ކުރަނީ ރޭލެވެ. އަދި ޔޫރަޕުގެ ބައްރަކީ ރޭލުތަކުން އެއް ޤައުމު އަނެއްޤައުމާ ގުޅާލެވިފައިވާ ޤައުމެކެވެ.

އިންސާނުން ރޭލު އީޖާދު ކުރިތާ 200 އަހަރުވާން ކައިރިވާއިރު މިހާރު ދުނިޔޭގައި ކުރާ އެންމެ ދިގު ރޭލު ދަތުރަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެއީ މަޝްހޫރު ޓްރާންސް-ސައިބީރިއަން ރެއިލްވޭއެވެ.

ޓްރާންސް-ސައިބީރިއަން ރެއިލްވޭއަކީ ހަމައެކަނި ދުނިޔޭގެ އެންމެ ދިގު ރޭލު ދަތުރެއްނޫނެވެ. މޮސްކޯއިން ވްލަޑިވޮސްޓޮކްއާއި ހަމައަށް އަޅާފައި އޮންނަ 9289ކިލޯމީޓާރުގެ (5772 މޭލު) ރެއިލްވޭއަކީ ދަތުރުވެރިންނަށް ރަޝިޔާގެ ސަގާފަތާއި، އާދަކާދަ ފެނިގެންދާނެ ހިތްގައިމު، ދެވަނައެއްނެތް ތަޖުރިބާއެކެވެ.

ރަޝީޔާގެ ވެރިރަށް މޮސްކޯގެ މުއްސަނދި ސަގާފަތާއި ތާރީހީ އެކިއެކި އިމާރާތްތައް ބަލާލާފަ، ދަތުރު ފަށްޓާ ދަތުރުވެރިންނަށް ފުރަތަމަ ފެނިގެންދަނީ ރަޝިޔާގެ ރަށްފުށު ރަށްތަކުގެ ބަލާ ފޫހި ނުވާވަރުގެ މަންޒަރުތަކެވެ. ކަޒާން، ޔެކަޓެރިންބާރގް، އަދި އަކަސްކްގެ ރަށްތަކުން ދައްކުވައިދޭ ރަޝިޔާގެ އެތައްތަފާތު ދިރުއުޅުމުގެ ވަށްޓަފާޅިތަކާއި ސަގާފަތްތައް ބަލާލުމުގެ ފުރުސަތު ދަތުރުވެރިންނަށް ލިބިގެންދާނެއެވެ.

ރަށްފުށުރަށްތައް ފަހަނައަޅާގޮސް ރޭލުގެ މިސްރާބު އިރުމައްޗަށް ބަދަލުވެއެވެ. ފެހި ބޯ ޖަންގަލިތައް ފަހުން އަންނަ ތަނަވަސް ހުސްބިންތަކުގެ ހަމަހިމޭންކަން ދޫކޮށް ދެވެނީ ސައިބީރިއާގެ އަޑިގުޑަން ސަރަހައްދުތަކަށެވެ. ސައިބީރިއާއިން ދަތުރުވެރިންގެ ނަޒަރު ފުރިގެންދަނީ، ސްނޯއިން ފުރިފައިވާ ހުދުކުލައިގެ އުރާއީ ފަރުބަދަތަކާއި، ބައިކަލް ކޯރުގެ ލޯގަނޑެއް ފަދަ ސާފު ފެންގަނޑާއި، ސައިބީރިއާ ރަށްފުށު ހިސާބުތަކުގެ ފަރުބަދަތަކުގެ މަންޒަރުތަކުންނެވެ.

ޓްރާން-ސައިބީރިއަން ރޭލުވޭ މަޝްހޫރީ ހަމައެކަނި ރަޝީޔާގެ ރީތިކަން ފެނިގެންދާތީވެއެއްނޫނެވެ. ނަމަވެސް މި ތަޖުރިބާއިން ރަޝީޔާގެ ތާރީހުގެ ތެރެއަށް ފީނާލެވޭތީއެވެ. ސައިބީރިއާ ދޫކޮށް ދާއިރު އެތައް ގަރުނުތަކެއް ވަންދެން ބަދަލުނުވެ ހުރި ކުޑަކުޑަ އަވަށްތަކާއި ސަހަރުތަކުން ރަޝިޔާގެ ތާރިހީ ދިރިއުޅުމުގެ ވަށްޓަފާޅިތަކާއި، އެތައް އަހަރުތަކެއްގެ ކުރީގައި އެ ގައުމުގެ ރަށްވެހިން ގެންގުޅުނު ސަގާފަތުތަކާއި އެއްގޮތައް އަދުގެ ޒަމާނުގައި މީހުން އުޅެމުންދާ ހާއްސަ މަންޒަރު ފެނިގެންދާނެއެވެ.

ރަޝިޔާގެ ރައްޔިތުންނާއި ދިމާވެ ވާހަކަ ދައްކާލާ، އެމީހުންގެ ތަޖުރިބާ އަޑުއަހާލުމަކީ މި ދަތުރުގެ ބައިވެރިންނަށް ދިމާވާނެ އެންމެ ހާއްސަ، ހަންދާނުންނުނެތޭނެ ހިނދުކޮޅުތަކެވެ. ރަށްފުށުގައި އުޅޭ، ނޫނީ ރޭލު ދަތުރުކުރާ ސަހަރުތަކުން ދިމާވާ މީހުންގެ އިތުރުން، ރޭލުގައި ދަތުރުކުރާ ރަޝިޔާ މީހުން ގާތުންވެސް އެ ގައުމުގެ ވާހަކަތަކާއި، އެމީހުންގެ ހިޔާލުތަކާއި އަދި ތަޖުރިބާ އަޑުއަހާލުމަކީ ދެ ބައެއްގެ ދެމެދު ރަށްޓެހިކަމުގެ ގުޅުންތައް ބަދަހިވެގެންދާނެ ކަމެއްގެ އިތުރުން، ރަޝިޔާއާއި ބެހޭގޮތުން ތިމާގެ އިލްމު އިތުރުވާނެ ކަމެކެވެ.

ޓްރާންސް-ސައިބީރިއަން ރޭލުވޭ ދަތުރަކީ ތާރީހީ މަންޒަރުތަކާއި، އެކިއެކި ސަގާފަތުތަކާއި، އަދި ގުދުރަތީ ރީތިކަމުން ފުރިގެންވާ، ދަތުރުކުރަން ޝައުގުހުންނަ ކޮންމެ މީހެއްގެ "ބަކެޓް-ލިސްޓް"ގައި ހިމެނެންޖެހޭ އަމާޒެކެވެ. އެއް ހަފްތާ ނަގާ މި ދަތުރަށް ފަށްޓަނީ އަލަށް ދަތުރުކުރާ މީހަކަށްވިޔަސް، ނުވަތަ ދުނިޔޭގެ އެކި ގިނަގުނަ ކަންކޮޅުތައް ބަލާލާން ބޭނުންވާ މީހެއްގެ އެއް މަންޒިލުގައި ހިމެނޭ ދަތުރަކަށް ވިޔަސް، މި ތަޖުރިބާއަކީ ހަމަ ޔަގީނުންވެސް ތިމާގެ ހަނދާނުގައި ދާއިމަށް ހަރުލާނެ ހާއްސަ ދަތުރެކެވެ.

ރަޝިޔާގެ ހިތުގެ ތެރެއިން ގެންގޮސްދޭ މި ދަތުރުގެ ބައިވެރިންނަށް، ދާ މަގުމަތީގައި މަޑޫކޮށްލެވޭނެ ހިތްގައިމު ގިނަ ތަންތަން ހުރެއެވެ. އެ މީހަކު އިޙްތިޔާރުކުރާ ތަނެއް ހޯދާފަ، އަދި އަހަރު ތެރޭގައި އެ ދަތުރު ކުރާ ދުވަސް ތަކުގެ ތެރެއިން އެ މީހަކަށް ކަމުދާ ގަޑިއެއް ނެގޭނެ ފަސޭހަކަން ދަތުރުވެރިންނަށް އޮވެއެވެ. ކޮންމެ ގަޑިއެއްގައި، ކޮންމެ މީހަކާއި އެކީގައި، ނޫނީ އެކަނިވެސް މި ދަތުރު ފަށާފަ ނިންމާ މީހަކު ނިންމާނީ އުފާވެރި ހަނދާންތަކަކާއި އެކުކަން ކަށަވަރެވެ.

މި ލިއުމާއި ގުޅޭ