Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު ނިހާދު

ސްމިތު ރައީސް ނަޝީދަށް ތާއިދުކުރުން ނިހާދު ސިފަކުރެއްވީ ޣައްދާރުވުމުގެ ގޮތުގައި!

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޓުއަރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު) އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީތުކުރުން ޣައްދާރުވުމުގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ސިފަކުރައްވައިފިއެވެ.

ނިހާދު ތާއީދުކުރައްވަނީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވާ، ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށެވެ.

ރައީސް ނަޝީދަށް ތާއީދުކުރައްވަމުން ސްމިތު ވިދާޅުވެފައިވަނީ އޭނާ މިވަގުތުވެސް ހުރީ ރައީސުލްޖުމުހުރިއްޔާ ދެއްވާފައިހުރި މަގާމެއްގައި ކަމަށާއި ނަމަވެސް އެމްޑީޕީގައި ހަރަކާތްތެރިވާ ހުރިހާ ޒުވާނުންނާ ސިޔާސީ މަގާމުތަކުގައި ތިބި އެންމެން ރައީސް ނަޝީދާ އެއްކޮށް ނިކުމެ އެ މަނިކުފާނަށް ތާއީދުކުރުމަށް ގޮވާލާކަމަށެވެ.
ސްމިތު އިތުރަށް ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައިވެސް އަދި ކުރިއަށް ގެންދިއުމުގައިވެސް ގިނަ މަސައްކަތްކުރެއްވި ބޭފުޅެއްކަމަށާއި އެންމެން ނިކުމެ ރައީސް ނަޝީދަށްޓަކައި ގުރުބާންވި ފަދައިން މިއަދުވެސް ނިކުންނަން ގޮވާލާކަމަށެވެ.

"މިއަދު ވަޒީފާގެ ބިރަށްޓަކައި ނުވަތަ ކޮންމެސް ކުންފުންޏެއްގެ މެނޭޖަރެއްގެ ނުވަތަ ސުޕަވައިޒަރެއްގެ ބިރުވެރިކަމުގައި ތާށިވެގެން ނުތިބޭށޭ، ބައެއް ކުންފުނިތަކުގައި ތިބި މެނޭޖިން ޑިރެކްޓަރުން ހާއްސަކޮށް ފެނަކަ ސައީދު އަދި މޫކޭ ހަމަ ބިރު ދައްކާ" ސްމިތު ވިދާޅުވެފައިވެއެވެ.

މިކަމާއި ހިތް ހަމަ ނުޖެހިގެން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މަގާމަށް ނަގާއިރު ސޮއި ކުރާ ލިޔުމުގައިވާ ކަންކަމަށް އެއްބަސްވެ އެ މަގާމާ ހަވާލުވުމަށްފަހު އޭގެއިން ކަމަކާ ޚިލާފު ވުމަކީ ލަދުވެތިކަމެއްކަމަށާއި އޭނާ ނަމަ އެފަދައިން ނިކުމެ ބަސް ބުނާނީ މަގާމުން އިސްތިއުފާ ދިނުމަށްފަހުގައިކަމަށެވެ.

ނިހާދު އިތުރަށް ވިދާޅުވީ އޭނާ ޣައްދާރުވެސް އަދި ހަރާންކޯރުވެސް ނުވާނެކަމަށެވެ.

މި ލިއުމާއި ގުޅޭ