Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓްރީ

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް މާޗުގައި، އާންމުންނަށް ބައިވެރިވެވޭނެ

ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދައި، ކުށްތައް ހުއްޓުވާނެ ގޮތާމެދު މަޝްވަރާ ހޯދުމަށް ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ ނަމުގައި އަންނަ މާޗު މަހު ކޮންފަރެންސް އެއް ބޭއްވުމަށް ނިންމައިފި އެވެ.

މިއީ އެފަދަ ކޮންފަރެންސް ބާއްވާ ފުރަތަމަ ފަހަރެވެ. ތިން ދުވަހުގެ އެ ކޮންފަރެންސް އޮންނާނީ އަންނަ މާޗު މަހުގެ 18 އިން 20 ވަނަ ދުވަހަށެވެ.

އެކަމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޕޮލިސް ބޯޑު އެކުލަވާލައި މިދިޔަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން މަސައްކަތް ކުރަމުން އައީ ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ރައްޔިތުން ބައިވެރިވެ، ހިޔާލު ހުށަހެޅިގެން ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވިދާނެ މަސައްކަތަކާމެދު ކަމަށެވެ.
ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ކޮންމެ އަހަރަކު ބޭއްވުމަކީ އެގޮތުން ގެނެވުން ހިޔާލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ކޮންފަރެންސް ބޭއްވިގެންދާނެ ކަމަށް. މި އަހަރު މި ކޮންފަރެންސް އަށް ކަނޑައެޅިފަ މިއޮތް ތާރީހަކީ މި އަހަރުގެ މާޗު މަހުގެ 18 އިން 20 އަށް ތިން ދުވަހުގެ ކޮންފަރެންސް އެއް ގޮތުގައި،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކޮންފަރެންސްގެ އެންމެ މުހިންމު އެއް މަގްސަދަކީ ރައްޔިތުންގެ ހިޔާލާ މަޝްވަރާއާއި، މުޖްތަމައުގެ ބައިވެރިވުން ހިމެނޭ ހިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ހެދުމެވެ.
އެގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ޔުނިވާސިޓީ، ކޮލެޖް، މަދަނީ ޖަމިއްޔާތައް ހިމެނޭހެން އަދި އަމިއްލަ ފަރާތްތަކުންވެސް ކަރުދާސް ހުށަހަޅައި މަޝްވަރާ ކުރެވިގެން ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް މަސައްކަތް އެ ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން މި ކޮންފަރެންސް ވެގެންދާނީ ފުލުހުންގެ ހިދުމަތް ރައްޔިތުން އެދޭފަދަ ހިދުމަތަކަށް ހެދުމަށް ރައްޔިތުންގެ ފަރާތުން ހިޔާލު ހުށަހެޅުމަށް އެންމެ ތަނަވަސްކޮށް ފުރުސަތު ލިބިގެންދާފަދަ ފޯރަމަކަށް،" އިމްރާން ވިދާޅުވި އެވެ.

އޭގެ އިތުރުން ޒަމާނީ ވަސީލަތްތައް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމާއި މަދަނީ ޖަމިއްޔާތަކާއި ސަލާމަތާ ރައްކާތެރިކަމުގައި މަސައްކަތްކުރާ އަދި ކޮށްފައިވާ ތަޖުރިބާކާރުންގެ މެދުގައި ގުޅުން ބަދަހިކުރުމަކީ ވެސް އެ ކޮންފަރެންސްގެ މަގްސަދެކެވެ. އަދި އާންމު ކުށްތައް ހިންގާ ދާއިރާއަކުން ރިސާޗް ޕޭޕާތައް ހުށަހެޅައި އެ ކޮންފަރެންސްގެ ތެރޭގައި ބަހުސްކުރެވޭނެ އެވެ.

މި ލިއުމާއި ގުޅޭ