Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަންނުވެރިން

އެމްއޭސީއިން ކަންބޮޑުވުން ފާޅުކުރުމުން، ނުހުޅުވި ލަސްވި އާޓް ގެލެރީގެ ބުކިންއަށް ހުޅުވާލައިފި

ނެޝަނަލް އާޓް ގެލެރީ ނުހުޅުވި ގިނަ ދުވަސްވެގެން މޯލްޑިވިއަން އާރޓް ކޮމިއުނިޓީ(އެމްއޭސީ)އިން ކަންބޮޑުވުން ފާޅުކުރުމާއެކު އެ ގެލެރީގެ ބުކިންއަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްރީގެ ދަށުން އާޓް ގެލެރީ ބަލަހައްޓާ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއައި)އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެތަނުގައި މައުރަޒުތައް ބޭއްވުމަށް ބޭނުންވާ މީހުން އިއްޔެ އިން ފެށިގެން ކުއްޔަށް ހިފުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ވާގޮތުން އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އާޓް ގެލެރީ ބުކް ކުރެވޭނެއެވެ.

އެމްއޭސީއިން މި މަހުގެ 15 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ނެޝަނަލް އާޓް ގެލެރީ ބަންދުކޮށްފައި ހުރުމުން ރާއްޖޭގެ ގިނަ ޕްރޮފެޝަނަލް ވިޝުއަލް އާޓިސްޓުންނަށް މިކަމުގެ ދަތި އުނދަގޫ ވަމުންދާކަމުގެ މައުލޫމާތު އެޖަމިއްޔާއަށް ލިބެމުން އަންނަކަމަށެވެ.

އަދި ނެޝަނަލް އާޓް ގެލެރީ ބަންދުކޮށްފައި ހުންނަތާ ގިނަ ދުވަސްވުމުގެ ސަބަބުން އެޖަމިއްޔާގެ ފަރާތުން ރާވާ ހިންގަން ހުރި ގިނަ އިވެންޓުތަކެއް ނުބޭއްވި ލަސްވަމުންދާތީ އެކަމަކީ އާޓްގެ ދާއިރާގެ ފަންނުވެރިންނަށާއި، އެޖަމިއްޔާ އަށާއި މުޅި ރާއްޖޭގެ އާޓިސްޓުންނަށްވެސް ލިބޭ ވަރަށް ބޮޑު ހީނަރު ކަމެއް ކަމަށް އެ ޖަމުއިއްޔާއިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ