Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެޑަމް ފަޒްނާ

ސިޔާސީ ކަންކަމުގައި ނޫޅުއްވާނެކަމަށް ވިދާޅުވި ފަސްޓް ލޭޑީ ސިޔާސީ މަސައްކަތުގައި!

ސިޔާސީ ކަންކަމުގައި ނޫޅުއްވާނެކަމަށް ވިދާޅުވި ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒުނާ އަހްމަދު ސިޔާސީ މަސައްކަތް ކުރައްވަން ފައްޓަވައިފިއެވެ.

ފަސްޓް ލޭޑީ ފަޒްނާ 2018 ވަނަ އަހަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެކަމަނާ ސިޔާސީ މައްސަކަތަށް ނުނިކުންނަވާނެކަމަށާއި އެއީ އެކަމަނާގެ ދާއިރާވެސް ނޫންކަމަށެވެ. އެކަމަނާ އޭރު ވިދާޅުވީ އެ ދާއިރާއިން އެކަމަނާ ނުފެންނާނެކަމަށާއި އެކަމަނާއަކީ އިޖުތިމާއީ އަދި ކިޔަވައިދިނުމުގެ ދާއިރާގެ ކަނބަލެއްކަމަށެވެ.

މެޑަމް ފަޒްނާ މިފަދައިން ވިދާޅުވި ނަމަވެސް އެކަމަނާ މިހާރު ސިޔާސީ މަސައްކަތް ކުރައްވާކަން ވަނީ ހާމަވެފައެވެ.

ފަޒުނާ ސިޔާސީ މަސައްކަތަށް ނިކުންނަވާފައިވާކަން ހާމަވެފައިވަނީ ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިނު ޓީމުގެ މެންބަރަކު ކޮށްފައިވާ ޓްވީޓަކުންނެވެ.

އެ ޓްވީޓުގައި އޭނާ ވަނީ ރިޔާސީ ޕްރައިމަރީގައި ދެންވާދަކުރައްވާ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ކެމްޕެއިނަށް މެޑަމް ފަޒްނާ ބޭނުން ކުރައްވަން މެމްބަރުންގެ ފޮޓޯޖެހި ލިސްޓް ލިބިފައިވާކަމަށާއި ނަމަވެސް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމަށް އައިޑީ ކާޑް ނަމްބަރު ޖެހި ލިސްޓްވެސް ނުދީ ފޮރުވައިގެން ގެންގުޅޭކަމަށެވެ. އަދި އެފަދައިން އެ ލިސްޓް ފޮރުވަނީ ކޮން ބޭނުމަކު، ކޮން ޖަރީމާއެއް ހިންގަންތޯވެސް އޭނާ ސުވާލުކުރައްވާފައިވެއެވެ.

މި ޓްވީޓުން ހާމަވެފައިވަނީ ސިޔާސީ މަސައްކަތުގައި ނޫޅުއްވާނެކަމަށްބުނި ރައީސް އިބްރާހިމްގެ އަނބިކަބަލުން މިހާރު ސިޔާސީ މަސައްކަތް ކުރައްވާކަމަށެވެ.

މީގެކުރިންވެސް އެކަމަނާ ސިޔާސީ މަސައްކަތުގައި އުޅޭތީ ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ. އެގޮތުން ނިމިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި ރައީސް އިބްރާހިމް ހދ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގައި މެޑަމް ފަޒުނާ ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން އެހެންވެސް ބައެއް ތަންތަނުގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވުމާއި ގުޅިގެން އެކަމަނާއަށް ފާޑުކިޔުން އަމާޒުވިއެވެ.

އޭރު މީހުން ތުހުމަތުކުރިގޮތުގައި މެޑަމް ފަޒުނާ ސިޔާސީ ކަންކަމުގައި މަސްއޫލުވާން ފެއްޓެވީ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމާ ދެމެދު ހިޔާލު ތަފާތުވުން އުފެދުމާއި ގުޅިގެންނެވެ.

މެޑަމް ފަޒުނާ ސިޔާސީ ދާއިރާއަށް ނިކުންނެވުމާއިއެކު ސޯޝަލް މީޑިއާގައި އޭރު ބައެއް މީހުން ބުނަނީ އެކަމަނާ ދެއްކި ވާހަކައާއި އަމަލާއި ދިމާ ނުވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ