Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

ހަ ދަހަރަށްފަހު ފުރަތަމަ ފަހަރަށް ޗައިނާގެ އާބާދީ މަދުވެ އިޤުތިޞާދު މަޑުޖެހެން ފަށައިފި

ފާއިތުވި ހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޗައިނާގެ އާބާދީ މަދުވާން ނިމުނު އަހަރު ފަށައިފިއެވެ. އެއާއެކު ދުނިޔޭގެ އެންމެ ބައިބޯ ޤައުމަށް އާބާދީގެ އުމުރުގެ ތިލަފަތްހަމަކަން ގެއްލުމުގެ ކާރިސާއެއްވަނީ ފެންމަތިވެފައެވެ.

ޗައިނާގެ ތަފާސްހިސާބާ ބެހޭ ޤައުމީ އިދާރާއިން އަންގާރަދުވަހު ބުނެފައިވާ ގޮތުގައި ފާއިތުވި އަހަރު ނިމުނުއިރު ޗައިނާގެ އާބާދީއަކީ 1،411.75 މިލިއަން (1.4 ބިލިއަން) މީހުންނނެވެ. އެއީ 2021 ވަނަ އަހަރުގެ ނިޔަލަށް އެ ޤައުމުގެ އާބާދީއާ އަޅާބަލާއިރު 0.85 އިންސައްތަ މަދުވުމެކެވެ.

ޗައިނާގެ މަސައްކަތްތެރިންގެ އާބާދީގެ އުމުރު މަތިވަމުންދާއިރު އެ ޤައުމުގައި އަލަށް އުފަންވާ ކުދިންގެ އަދަދު އަންނަނީ އަހަރަކަށްވުރެ އަހަރެއް މަދުވަމުންނެވެ. މަސައްކަތްތެރިންގެ އުމުރު ދޮށިވުމަކީ އެކަމުގެ ސަބަބުން އިޤުތިޞާދީ ކުރިއެރުން މަޑުޖެހި، އާންމު ޚަރަދުތައް އިތުރުވާނެކަމެއްކަމަށް މާހިރުން ދެކެވަޑައިގަންނަވައެވެ.

އެންމެ ފަހުން ޗައިނާގެ އާބާދީ އަހަރުން އަހަރަށް މަދުވީ މިޒަމާނުގައި ޗައިނާއަށް ކުރިމަތިވި އެންމެ ބޮޑު ހައިހޫނުކަން 1960 ވަނަ އަހަރުގައި އެ ޤައުމާ ކުރިމަތިވި ދުވަސްވަރެވެ. މިއީ ޗައިނާގެ އެއިރުގެ ލީޑަރު މާއޯ ޒެޑޮންގެ "ކުރިއަށް އަޅާ ބޮޑު ފިޔަވަޅު"ގެ ސިޔާސަތާއެކު ކުރިމަތިވި ހައިހޫނުކަމެކެވެ.

ކޮންމެ ދެމަފިރިއަކު އެއް ދަރިން ހޯދުމަށް ޗައިނާއިން ލާޒިމުކުރި 1980 ވަނަ އަހަރުގެ ސިޔާސަތު 2016 ވަނަ އަހަރު އެ ޤައުމުން ނިމުމަކަށް ގެނެސް ދެމަފިރިންނަށް ދެ ކުދިން ހޯދުމުގެ ހުއްދަ ސަރުކާރުން ދިނީ 2021 ވަނަ އަހަރުގައެވެ. ނަމަވެސް އައު އާބާދީ ކުޑަވުމުގެ މައްސަލައެއް މި ފިޔަވަޅުން އެކަށީގެންވާ ހައްލެއް ނުލިބުނެވެ.

2022 ވަނަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު ޗައިނާގެ އިޤުތިޞާދު އެ އަހަރު ކުރިއެރީ 3.0 އިންސައްތައިންނެވެ. ކޮވިޑް-19 ވަބާއާއި ޗައިނާގެ ރިއަލް އެސްޓޭޓް ވިޔަފާރިތަކަށް ކުރިމަތިވި ކާރިސާތަކުގެ ނަތީޖާއެއްގެ ގޮތުން 40 އަހަރު ތެރޭ ޗައިނާގެ އިޤުތިޞާދީ ކުރިއެރުން މަޑުނުޖެހޭ މިންވަރަކަށް ނިމުނު އަހަރު އިޤުތިޞާދު މަޑުޖެހިފައިވެއެވެ.

ޗައިނާ ސަރުކާރުން 2022 ވަނަ އަހަރަށް ކަނޑައެޅި އަމާޒަކީ 5.5 އިންސައްތައިން ޖީޑީޕީ ކުރިއެރުވުމެވެ. ނަމަވެސް 2021 ވަނަ އަހަރު 8 އިންސައްތައިގައި ހުރި ޤައުމީ އުފެއްދުންތެރިކަން 2022 ގައި ސަރުކާރުން އަންދާޒާކުރި މިންވަރަށްވުރެވެސް ބޮޑަށް މަޑުޖެހުނެވެ.

ޗައިނާގެ ތަފާސްހިސާބާ ބެހޭ ޤައުމީ އިދާރާއިން ބުނި ގޮތުގައި ފާއިތުވި އަހަރުގެ ފަހު ކުއާޓާގައި ޗައިނާގެ އިޤުތިޞާދީ ކުރިއެރުން ހުރީ 2.9 އިންސައްތައިގައެވެ. 2021 ވަނަ އަހަރު އެ ނިސްބަތް ހުރީ 3.9 އިންސައްތައިގައެވެ.

ބައިނަލްއަޤުވާމީ ޑިމާންޑު ދަށްވުމާއި ޗައިނާއިން ކޮވިޑާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ އެކްސްޕޯޓުގެ ދާއިރާއަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ފާއިތުވި އަހަރު ކުރިމަތިވެފައިވެއެވެ.

މި ލިއުމާއި ގުޅޭ