Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ރަމީޒު

އަލީ، ފައްޔާޒަށް: މީހުންގެ އަބުރު ކަތިލަމުން ދުވި ހަނދާން މިއަދު ނެތުނީތޯ؟

މީގެ ކުރިން އެމްޑީޕީ އިދިކޮޅުގައި އޮތްއިރު، މީހުންގެ އަބުރު ކަތިލަމުން ދުވި ހަނދާން މިއަދު ނެތުނީތޯ, ސަލަފް ޖަމިއްޔާގެ ޗީފް މާކެޓިންގ އޮފިސަރ އަދި ސަލަފް ޖަމިއްޔާ އިން ހިންގާ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރާ އަލީ ރަމީޒު, އިކޮނޮމިކް މިނިސްޓަރު ކުރެން އައްސަވައިފިއެވެ.

އަލީ ރަމީޒް މިހެން ވިދާޅުވެފައި މިވަނީ ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ތެރެއަށް އާއިލާ ވައްދައި، މަގުމަތިން އަނބިދަރިންނާ ދިމާކުރުން ބަލައެއްނުގަނެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

އަލީ ރަމީޒްގެ ޓްވީޓްގައި ވިދާޅުވީ "އަނބިދަރިން ކުރިމަތީ އަވަގުރާނަ ގޮވައި، މުސްލިމުންނާ ދިމާލަށް ކާޅަށް، ވަގަށް، ޓެރަރިސްޓުންނަށް ގޮވައި، މުސްލިމުންގެ އަބުރު ކަތިލަމުން ދުވި ހަނދާން މިއަދު ނެތުނީތޯ؟" އެވެ.

އެދުވަހު ވެސް މިއަދު ވެސް އެފަދަ ލާއިންސާނީ ލާދީނީ މުޑުދާރު ޖަރީމާތަކާއި ދެކޮޅު ކަމަށް އަލީ ރަމީޒް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވާދަކުރައްވާ، އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނުގެ ފޯރިގަދަވެ އެއްބަޔަކު އަނެއްބަޔަކަށް ދަނީ ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ވަނީ އޭނާގެ އާއިލާއާ މަގުމަތިން ދިމާކުރުމުން އެކަމުގެ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީޑިއާ އާއި އެހެން ގޮތްގޮތުން ވެސް އޭނާއާ ދިމާކުރެވިދާނެ ކަމަށާއި، އެކަމަކު އަނބިދަރިންނާ ބެހުމަކީ ހިޔާލުތަފާތުވުމުގެ ތެރެއިން ސިޔާސީ ހަރަކާތް ހިންގުމުގެ އިން ފަހަނާޅައިދިއުމުގެ ގޮތުގައި ސިފަކުރެއްވި އެވެ.

"މީޑިއާގައި ވެސް އެހެން ގޮތަކުން ވެސް އަޅުގަނޑާ ދިމާކުރެވިދާނެ. ސިޔާސީ ހިޔާލު ތަފާތުވުމުން މަގުމަތިން އަނބިދަރިންނާ ދިމާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅުގައި އެމްޑީޕީ އޮތް އިރު، ފުލުހުންނާއި ސިފައިން އަދި އޭރުގެ ރައީސުންނަށް ފުރައްސާރަކޮށް ހަމަ ނުޖެހުން އުފައްދަން އެމްޑީޕީގެ އިސް ވެރިން ވަނީ މަސައްކަތް ކޮށްފައެވެ.

މި ލިއުމާއި ގުޅޭ