Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ޒައިދު

މިފަހަރު އަލީ ޒައިދުގެ ބަހުގެ ހަމަލާތައް އަމާޒުވީ މަޤުބޫލު ނޫސްވެރިޔާ ޙަމީދަށް

އަދާލަތު ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝައިޚް އަލީ ޒައިދު ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި މަޤުބޫލު ޓީވީ ހޯސްޓު އަޙްމަދު ޙަމީދަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފިއެވެ.

ޙަމީދަކީ ވީޓީވީން ތައާރަފުވެ އާންމުންގެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯއްދަވާފައިވާ މަޑުމައިތިރި ބޭފުޅެކެވެ. އަޚުލާޤު ރަނގަޅު ޙަމީދަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ހުރިހާ ފިކުރެއްގެ މީހުންނާ ގުޅޭ ދީނީ ޢިލްމުވެރިންނާއެކު ވަރަށް ގާތުން މަސައްކަތްކުރައްވާ ޢިލްމުވެރިންނާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ.

ޒައިދުގެ ފާޑުކިޔުން ޙަމީދަށް އަމާޒުވީ "ދާރިސްޓީވީ"ގެ ޕްރޮގުރާމުތަކަށް ޙަމީދު އަރުއްވާތީއެވެ. އެ ޓީވީ ފެށި ދުވަހުން ފެށިގެން އެ ޓީވީގެ ޕްރޮގުރާމުތައް ޙަމީދު ހުށަހަޅުއްވައިދެއްވައެވެ.

ދީނީ ޢިލްމުވެރިން ތިއްބަވާ ގުރޫޕަކަށް ކުރި މެސެޖެއްގައި އަލީ ޒައިދު ބުނެފައިވަނީ ދާރިސް ޓީވީއަށް ޝައިޚް ޒަމްޒަމް ނާރުވައި އެންމެންނަށް އެއްޗެހިކަން ޓުވިޓާގައި އުޅޭ ވީޓީވީ ޙަމީދު އެރުވުމުން އެޖުހުނީ ކޮންތާކު ހެއްޔެވެ؟ މިފަދައިން ޒައިދު ވިދާޅުވި ނަމަވެސް ޙަމީދަކީ ޓުވިޓާގައި މީހުންނާ ޒުވާބުކުރައްވާ ބޭފުޅެއް ނޫނެވެ.

އޭގެ އިތުރަށް އަޚުލާޤަށް ބެލި ނަމަވެސް ޙަމީދަކީ މާ ދަށު ދަރަޖައިގައި ބަސްމަގު ގެންގުޅޭ މީހެއްކަމަށް ޒައިދު ބުނެފައިވެއެވެ. ނަމަވެސް ޙަމީދަކީ ޚިޔާލު ތަފާތުވާ ވަގުތުތަކުގައިވެސް ވަރަށް މަޑުމައިތިރިކޮށް ރީތިކޮށް ވާހަކަދައްކަވާ ބޭފުޅެއްކަން ގިނަ ބަޔަކު ދަނެއެވެ.

ޙަމީދު ދެކެ ޒައިދު ރުޅިއައިސް އޭނާއަށް މިހާ ބޮޑަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރީ ޓުވިޓާގައި އަދާލަތު ޕާޓީގެ އެކްޓިވިސްޓުން ގެންގުޅޭ ދެފުށް ދެގޮތް ކަންކަމަށް އޭނާ ފާޑުވިދާޅުވެ ކުރެއްވި ޓުވީޓުތަކަކާ ގުޅިގެންނެވެ.

ޙަމީދަށް ނިސްބަތްކޮށް ބަހުގެ ހަމަލާއެއް ދިނުމުން އަދާލަތު ޕާޓީގެ ތައުލީމާ ބެހޭ ކޮމިޓީގެ މުޤައްރިރު މުޙައްމަދު ޝިފާންވަނީ ޒައިދާ އެއްބަސްވެ ދާރިސް ޓީވީން ކަންކަންކުރަނީ އުސޫލެއް އޮވެގެން ނޫންކަމަށް ބުނެފައެވެ.

"ދާރިސް ޓީވީ"ން ޝައިޚް ޒަމްޒަމް ފާރިޝްއަށް ފުރުސަތު ނުދޭކަމަށް ބުނެ އަލީ ޒައިދު ޙަމީދަށް ފާޑުކިޔާފައިވާއިރު ޒަމްޒަމަކީ އަދާލަތުގެ ރަޖިސްޓަރީގައި ހިމެނޭ އިލްމުވެރިއެއް ނަމަވެސް އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ޒަމްޒަމަށް ޖާގައެއް ނުދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަމްޒަމަށް އެ މަޖިލީހުން ފުރުސަތު ނުދެނީ އެ ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲއާ ޚިޔާލުތަފާތުވާތީއެވެ.

މި ލިއުމާއި ގުޅޭ