Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ދުނިޔޭގެ މުއްސަނދިކަމުގެ 3 ބައިކުޅަ 2 ބައި ދުނިޔޭގެ މަހުޖަނުން ދަމައިގަނެފި

ދުނިޔޭގެ އެންމެ މުއްސަނދި 1 އިންސައްތައިގައި ތިބި މީހުންވަނީ 2020ގައި ދުނިޔޭގައި އުފެދުނު އައު މުއްސަދިކަމުގެ 42ޓްރިލިއަން (42000 ބިލިއަން) ޑޮލަރުގެ 3ބައިކުޅާ 2 ބައި އެމީހުންގެ އަމިއްލަ އަތްދަށަށް ގެންގޮސްފައިކަމަށް، ދުނިޔޭގެ ފަގީރުކަން ނައްތާލުމަށް މަސައްކަތްކުރާ ބްރިޓިޝް ޖަމުއިއްޔާއެއް ކަމަށްވާ އޮކްސްފޭމްއިން، ދުނިޔޭގެ އިގްތިސާދުތަކުގެ ބައްދަލުވުން ބޭއްވުމާއި ގުޅިގެން ނެރުނު ރިޕޯޓަކަށް ހަވާލާދީ ބޭރު ހަބަރުތަކުން ބުނެއެވެ.

އޮކްސްފޭމްގެ "ސަވައިވަލް އޮފް ދަ ރިޗަސްޓް"ގެ ނަން ދެވިފައިވާ ރިޕޯޓުގައިވާގޮތުން، ދުނިޔޭގެ އެންމެ މުއްސަނދި 1 އިންސައްތައިގައި ތިބި މީހުން ދުނިޔޭގެ މުއްސަދިކަމުން ނަގާފައިވާ ހިއްސާއަކީ ބާކީތިބި 99 އިންސައްތައަށް ލިބުނު ހިއްސާއަށްވުރެން 2ގުނަ ބޮޑު އަދަދެކެވެ.
ބޮލަކަށް ލިބޭ މުސާރަ ބޮޑު ވާވަރަށްވުރެން އަވަހަށް ތަކެތީގެ އަގު މައްޗަށް އަރާ ދުނިޔޭގެ އެކިއެކި ގައުމުތަކުގެ އިގްތިސާދުތަކުގައި 1.7 ބިލިއަން މީހުން ދިރުއުޅެމުންދާއިރު، ދުނިޔޭގެ އާބާދީއާއި އަޅާކިޔާރު މަދު މިންވަރެއް ހިމެނޭ މަހުޖަނުންގެ މުއްސަދިކަން ދަނީ ދުވާލަކު 2.7ބިލިއަން ޑޮލަރުގެ މިންވަރަކުން އިތުރުވަމުންނެވެ.
މިކަންމިހެންއޮތްއިރު، މި ފާހަގަކުރި މަހުޖަނުން ދިރުއުޅޭ ގައުމުތަކުގެ ގަވައިދުގައިވާގޮތުން، އެމީހުންގެ ފަހުން އަންނަ ޖީލުތަކަށް ދޫކޮށްފައިދާ އިންހެރިޓެންސްއަކުން ޓެކްސްއެއް ނުނަގާނެއެވެ. ވީމާ، އެ މީހުންގެ ދަރިންނަށް ނުވަތަ ކާފަދަރިންނަށް 5ޓްރިލިއަން އާއި ހަމައަށް އިންހެރިޓެންސްގެ ގޮތުގައި ދޫކޮށްފައި ދިއުމައް އޮތީ މަގުފަހިވެފައެވެ. މި އަދަދަކީ މުޅި އެފްރިކާގެ ގްރޯސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ)އަށް ވުރެން ގިނަ އަދަދެކެވެ.
ދުނިޔޭގެ ހުރިހާ މަހުޖަނުން އަތުން އެންމެ 5 އިންސައްތައިގެ ޓެކްސް ނަގަން ކަނޑައެޅިޔަސް، 1 އަހަރުތެރޭގައި 1.7ޓްރިލިއަން ޑޮލަރު ލިބޭނެކަމަށް އޮކްސްފޭމްއިން ބުނެއެވެ. އިތުރަށް ތަފްސީލްކޮށްދެމުން އެ އިދާރާއިން ބުނަނީ، މި އަދަދުން 2 ބިލިއަންވަރަކަށް މީހުން ފަގީރުކަމުން އަރައިގަތުމަށް މަގުފަހިކޮށްދެވޭނެކަމަށެވެ.

މި ގަރުނު ފެށިފަހުން ފާއިތުވި 2 އަހަރަކީ އަދިއަދަށްދާންދެން މަހުޖަނުންނަށް މާލީ ގޮތުން އެންމެ ފައިދާ ކުރި އަހަރުތައްކަމަށް، އޮކްސްފޯމްގެ އެގްޒެކެޓިވް ޑިރެކްޓަރ ގޭބްރިއެލާ ބުޗާރ ވިދާޅުވިއެވެ. ބުޗާރ އިތުރަށް ފާހަގަކުރެއްވި ކަމަކީ، މަހުޖަނުންގެ ހުވަފެންތައް ހަގީގަތަކަށް ހަދަމުން އެމީހުން އަންނައިރު، އާންމު ރައްޔިތުން ކާބޯތަކެތި ހޯދަން ކުރަންޖެހޭ މަސައްކަތް ދުވަހަކަށްވުރެ ދުވަހެއް ދަތިވަމުން ކަމަށެވެ.

"މިއަދު ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މީހުން ކުރިމަތިލަމުން އަންނަ ފަގީރުކަން ނައްތާލެވޭނީ މަހުޖަނު މީހުންނާއި ކުންފިނުތަކުގެ މައްޗަށް ޓެކްސް ގާއިމްކޮށްގެން. އެމީހުން ގެންގުޅޭ ކުށްހީއެއް ކަމަށްވާ، ޓެކްސް ކުރީމަ މަޑުމަޑުން އެމީހުންގެ މުއްސަދިކަން ގެއްލޭކަމުގެ ވިސްނުން ދޫކޮށްލަން އެބަޖެހޭ. 40 އަހަރުވަންދެން މަހުޖަހުންގެ މައްޗަށް ޓެކްސް ގާއިމްނުކުރުމުން ހާމަވެގެންދިޔައީ، އުފުލޭ އޮއެވަރާއިއެކީ އަރަނީ ހުރިހާ އުޅަނދެއްނޫންކަން، ހަމައެކަނި ސުޕަރ-ޔޮޓްތައްކަން"، ބުޗާރ ވިދާޅުވިއެވެ.

16 ޖަނަވަރީއިން ފެށިގެން 20 ޖަނަވަރީވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާން ހަމަޖެހިފައިވާ ދުނިޔޭގެ އިގްތިސާދުތަކުގެ ބައްދަލުވުން އޮންނާނީ ސްވިޓްޒަލޭންޑްގެ ޑާވޯސްގައެވެ.

ކޮންމެ އަހަރަކު ބާއްވާ މި ބައްދަލުވުމުގައި ދުނިޔޭގެ އެކިއެކި ވިޔަފާރިތަކުންނާއި، ސިޔާސީ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. ބައިވެރިންގެ ތެރޭގައި 52 ގައުމެއްގެ އިސްވެރިންނާއި، 600 ސީއީއޯ ހިމިނެއެވެ.
މި ލިއުމާއި ގުޅޭ