Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

މަޖިލިސް އައު އަހަރަށް ހުޅުވައި ރިޔާސީ ބަޔާން އިއްވެވުން ފެބްރުއަރީ 6 ގައި

ފެށުނު އައު އަހަރަށް ރައްޔިތުންގެ މަޖިލިސް ފެށުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

މި ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިއްވަވާ ރިޔާސީ ބަޔާނަކީ ހިނގަމުންދާ ދައުރުގައި އެމަނިކުފާނު އިއްވަވާނެ ފަހު ރިޔާސީ ބަޔާނެވެ. ދެން މި އަހަރު އޮންނާނި ރިޔާސީ އިންތިޚާބެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިމުނު އަހަރުގެ ޖަލްސާތައް ނިންމާލާފައިވަނީ ނޮވެންބަރު 28 ވަނަ ދުވަހުއެވެ. އެއަށްފަހު މަޖިލިސްވަނީ އަހަރީ ޗުއްޓީއަށް ގޮސްފައެވެ.

ކޮންމެ އަހަރަކުވެސް މަޖިލިސް ހުޅުވައި ފުރަތަމަ ޖަލްސާ ބާއްވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ.

މި ލިއުމާއި ގުޅޭ