Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކެޕްޓަން އިހުސާން

ރާއްޖެއަކީ އިންޑިއާގެ ބައެއްގެ ގޮތުގައި ސިފަކުރެއްވުމުން ކެޕްޓަން އިހްސާންގެ ކަންބޮޑުވުން!

ދިވެހިރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު ވިދާޅުވުމާއި ގުޅިގެން ކުރީގެ ކެޕްޓަން އަލީ އިހްސާން ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

ޜާއްޖެއަކީ އިންޑިއާގެ ބައެއްކަމަށް ސައުދުﷲ ވިދާޅުވެފައިވަނީ އިންޑިއާގެ އިންޑޯގައި ކުރިއަށްދިޔަ ކޮންފަރެންސްގައި ބައިވެރިވުމަށް މިމަހުގެ 9 ވަނަ ދުވަހު އިންޑިއާއަށް ކުރި ދަތުރުގައި އިންޑިއާގެ 'ދަ ނިއު އިންޑިއަން' ނޫހަށް އިނގިރޭސިބަހުން ދެއްވި ބަސްދީގަތުމެއްގައެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވުންފާޅުކުރައްވާ ކެޕްޓަން އިހްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭއަކީ އިންޑިޔާގެ ބައެއް ނޫންކަމަށާއި އަދި ދުވަހަކުވެސް އިންޑިއާގެ ބައެއްކަމަކަށް ނުވާނެކަމަށެވެ.
އިހްސާން އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ގައުމެއްކަމަށާއި އަދި އަބަދުވެސް އަވައްޓެރިއެއްގެ ގޮތުގައި އޮންނާނެކަމަށެވެ.

ކެޕްޓަން ވިދާޅުވީ ރާއްޖެއިން އަބަދުވެސް ދެގައުމުގެ ޒަމާންވީ ގުޅުމުގެ އަގު ވަޒަންކޮށް އިހުތިރާމް ކުރާކަމަށެވެ. އަދި އެ ގުޅުން އެގޮތަށް ދެމިއޮންނަންވާނެކަމަށާއި ނަމަވެސް ރާއްޖެއަކީ އިންޑިއާގެ ބައެއްގެ ގޮތުގައި ސިފަކުރުންފަދަ ކަންކަން ކޮށްގެންނުވާނެކަމަށެވެ.

މީގެއިތުރުން ސަރުކާރުގެ އޮފިޝަލުންގެ މިފަދަ ވާހަކަތަކަށް ސަރުކާރުން ޖާގަ ދީގެން ނުވާނެ ކަމަށާއި މިފަދަކަންކަން ރަސްމީކޮށް އިސްލާހު ކުރަން ޖެހޭ ކަމަށްވެސް ކެޕްޓަން އިހްސާން ވިދާޅުވެފައިވެއެވެ.

ރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ސައުދުﷲ ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ކުރިންވެސް މި ސަރުކާރުގެ އިސްވެރިން ވަނީ މިފަދަ ވާހަކަތައް ދައްކަވާފައެވެ. މިގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ އިންޑިއާ ސިފައިން ބޭނުންނަމަ ރާއްޖެ ހިފިދާނެކަމަށް ވިދާޅުވެފައެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ މީގެކުރިން ރާއްޖެއަށް އިންޑިއާސިފައިން ނާރައިގެން އެކަމާ ކަންބޮޑުވެގެން ވާހަކަ ދެއްކެވި ބޭފުޅެކެވެ.

މި ލިއުމާއި ގުޅޭ