Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިއުވާން މުހައްމަދު

ރައީސް އިބްރާހީމުގެ ކެމްޕެއިން ކަވަރުކުރަން ގެންދިޔަ ނޫސްވެރިން ޕީޕީއެމް މުޒާހަރާ ކަވަރުކުރުމުން މިއުވާން ކޯފާވެއްޖެ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭން ކަވަރުކުރަން އައްޑޫ ސިޓީއަށް ގެންދިޔަ ނޫސްވެރިން އެ ސިޓީގައި އިދިކޮޅު ޕީޕީއެމުން ކުރަމުންދާ މުޒާހަރާ ކަވަރުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވަރަށް ބޮޑަށް ކޯފާވެއްޖެއެވެ.

މިއަދު ރައީސް އިބްރާހީމުގެ ކެމްޕޭނަށް އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި އައްޑޫއަށް ދިޔަ ވަފުދު އައްޑޫ ސިޓީ ހުޅުދޫއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ކިޔާފައިވަނީ ވަރަށް މަދު އަދަދެއްގެ މީހުންނެވެ. 28 މީހުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުތްއިރު، ގާތްގަނޑަކަށް 70 ވަރަކަށް މީހުން ދިޔައީ އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖުކުރަމުންނެވެ.

އައްޑޫއަށް ރައީސް އިބްރާހީމް ކުރައްވާ ދަތުރުފުޅާ ވިދިގެން އެ ސިޓީގެ ހުރިހާ އަވަށެއްގައިވެސް އިދިކޮޅު ޕީޕީއެމުން އަންނަނީ އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވައިލާ އިހުތިޖާޖުކުރަމުންނެވެ.

ރައީސް އިބްރާހީމުގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވީ މީހުންގެ އަދަދު މަދުކަމާއެކު، އެ ސަރަހައްދުގައި ކުރިއަށްދިޔަ އިހުތިޖާޖު ކަވަރުކުރަން އެމަނިކުފާނުގެ އަރިހުގައި ކެމްޕޭނަށް ގެންދިޔަ ބައެއް ނޫސްވެރިން ދިޔައެވެ. އެ ނޫސްވެރިން މުޒާހަރާ ކަވަރުކުރަން ތިއްބައި މި ދަތުރުގައި ނޫސްވެރިން އެއް ތަނުން އަނެއް ތަނަށް ގެންދާ ބަސްވަނީ އެ ސަރަހައްދުން ގޮސްފައެވެ.

މި ދަތުރުގައި ބައިވެރިކުރާ ނޫސްވެރިން ތިބޭ ގުރޫޕަށް މިއުވާން ކުރެއްވި މެސެޖެއްގައި ވަރަށް ރުންކުރުކޮށް އޭނާ ވިދާޅުވެފައިވަނީ މި ދަތުރަކީ ރައީސް އިބްރާހީމުގެ ކެމްޕެއިން ކަވަރުކުރަން ނޫސްވެރިން ގެނައި ދަތުރެއްކަމަށާއި، ޕީޕީއެމްގެ މުޒާހަރާ ކަވަރުކޮށް ނިމެންދެން ބަސް މަޑުނުކުރާނެކަމަށާއި، އެކަމަށް ނޫސްވެރިން ސަމާލުވުމަށާއި ރައީސްގެ "މޫވްމެންޓްސް"އަށް ސަމާލުވުމަށެވެ.

ރައީސް އޮފީހުގެ ޚަރަދުގައި ގިނަ ނޫސްވެރިންތަކެއް ރައީސް އިބްރާހީމުގެ އަރިހުގައި އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތައް ކަވަރުކުރަން ގެންގޮސްފައިވެއެވެ. މީގެ ކުރިންވެސް ރައީސްގެ އެކި ކަންކަން ޕްރޮމޯޓުކުރަން ގިނަ އަދަދެއްގެ ފައިސާ ރައީސް އޮފީހުގެ ބަޖެޓުން ނޫސްތަކަށް ދީފައިވެއެވެ.

މި ލިއުމާއި ގުޅޭ