Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުށްކުރުން

ލާރިދަބަހެއް ހިފައިގެން ފިލި ދިވެއްސަކު އިންޓަޕޯލް މެދުވެރިކޮށް ރާއްޖެގެނެން ހައްޔަރުކޮށްފި!

އެހެން މީހެއްގެ ލާރި އަޅާފައި ހުރި ދަބަހެއް ހިފައިގެން ފިލައިގެން ތައިލޭންޑަށް ފުރައިގެން ދިޔަ ދިވެހި މީހަކު އިންޓަޕޯލް މެދުވެރިކޮށް ރާއްޖެ ގެނެސް ހައްޔަރުކޮށްފިއެވެ.

ދ.މީދޫ، ބިއްލޫރިވިލާ މުހައްމަދު އިހްސާން، އޭނާ އަތައް އެހެން މީހަކު ގިނަ އަދަދެއްގެ ލާރި އަޅާފައިހުރި ދަބަހެއް ދިނުމުގެ ކުޑަ އިރުކޮޅެއްފަހުން ތައިލޭންޑަށް ފުރާފައިވާކަމަށް، ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ރިޕޯޓްގައި ބުނެފައިވެއެވެ. އޭގެ ފަހުން އޭނާ ތައިލޭންޑްގައި އުޅެނިކޮށް އިންޓަޕޯލް މެދުވެރިކޮށް އޭނާ ރާއްޖެ ގެނެސް، މިހާރުވަނީ އޭނާ މައްޗަށް މަކަރާއި ހީލަތްހެދި ކަމުގެ ތުހުމަތުކޮށް ބަންދުކޮށްފައެވެ.

ކޯޓުން ވަނީ އޭނާ 15 ދުވަހު ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އޭނާގެ ބަންދު އަމުރުގައި ވާގޮތުން، އިހްސާނަށް ޖެހި 15 ދުވަހުގެ ބަންދަކީ، އޭނާ ގެންގުޅުނު ލާރި ދަބަހުގައި ގިނަ އަދަދެއްގެ ފައިސާ ހުރިކަމަށްވުމުން، މި ފައިސާ ހިފައިގެން ފިލައިގެންގޮސް ރާއްޖެއިން ބޭރުގައި އުޅެފާނެކަމުގެ އިޙްތިމާލުއޮތުމުންނެވެ. އަދި އޭނާ ހައްޔަރުކޮށްގެން ގެނެސްފައިވަނީ ވެސް ފިލައިގެން އުޅެނިކޮށް ކަމަށް ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ