Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޭޕާލް

ނޭޕާލުގައި މަތިންދާބޯޓެއް ވެއްޓި ގިނައަދަދެއްގެ ބަޔަކު މަރުވެއްޖެ

ނޭޕާލުގައި މަތިންދާބޯޓެއް ވެއްޓި 29 މީހުން މަރުވެއްޖެއެވެ.

ނޭޕާލުގެ ވެރިރަށް ކަތްމަންޑޫ އިން ފުރައިގެން ޕޮކާރާއަށް ދަތުރުކުރަމުން ދިޔަ ފްލައިޓު ވެއްޓުނުއިރު އެ ފްލައިޓުގައި 72 މީހުން ތިއްބެވެ. ނޭޕާލުގެ ޔެޓީ އެއާލައިނުގެ މި މަތިންދާބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައިނުވެއެވެ.

ފްލައިޓު ވެއްޓުނު ހިސާބުން 29 މީހުންގެ ހަށިގަނޑު މިހާރުފެނިފައިވެއެވެ. ފްލައިޓުން ދަތުރުކުރި އެންމެން މަރުވިކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި ސާފެއް ނޫނެވެ. ފްލައިޓު ވެއްޓުނު ހިސާބުގައި މިހާރު ވަނީ އަލިފާންވެސް ރޯވެފައެވެ.

ނޭޕާލުގެ ބޮޑުވަޒީރު ވަނީ މި ހާދިސާއާއި ގުޅިގެން ބަޔާނެއް ނެރެފައެވެ. އަދި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

މިއީ 2018 ވަނަ އަހަރު ފަހުން ނޭޕާލުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. 2018 ގެ މާޗުގައި ބަންގްލަދޭޝް އިން ނޭޕާލަށް ދަތުރުކުރި ފްލައިޓެއް ކަތަމަންޑޫ އެއާޕޯޓުގައި ޖައްސަނިކޮށް ވެއްޓި އޭގައި ތިބި 71 މީހުންގެ ތެރެއިން 51 މީހުން މަރުވިއެވެ.

2000 ވަނަ އަހަރުގެ ފަހުން ނޭޕާލުގައި ފްލައިޓު އަދި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާތަކުގައި 309 މީހުން މަރުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ