Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޮޅުވައިލުމާއި މަކަރު

ލިޓަސް އިން އެތައް އޮޅުވާލުމަކާއި މަކަރެއް، "3 މަސް ވާއިރުވެސް ސައިކަލެއް ނުލިބޭ"!

ލިޓަސް އޮޓޯމޯބައިލް އިން ސައިކަލު ގަންނަން ފުލް ޕޭމެންޓް ދައްކާ ފަރާތްތަކަށްވެސް ސައިކަލު ނުލިބި އެތައް މަހެއްވެގެންދާ ކަމުގެ ޝަކުވާ އަނެއްކާވެސް ބޮޑުވެއްޖެ އެވެ.

މީގެ ކުރިންވެސް ލިޓަސް އަށް ފުލް ޕޭމަންޓް ދައްކާ ފަރާތްކަށް ސައިކަލު ނުދޭ މައްސަލަ އާއި، ސައިކަލު ލިބި އެތައް އަހަރެއްވާ އިރުވެސް އޭގެ ރަޖިސްޓްރީ ނުލިބޭކަމުގެ ގިނަ މައްސަލަތަލެއް މެދުނުކެނޑި އެތައް ފަހަރަކު ފެންމަތިވި އެވެ.
މިކަމާ ގުޅިގެން ބައެއް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި ލިޓަސްގެ ރަސްމީ ޕޭޖުގެ ޕޯސްޓުތަކަށްވެސް ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ކޮމެންޓުކޮށްފައިވެ އެވެ.
ބައެއް މީހުން ބުނެފައިވާ ގޮތުން، ސައިކަލު ގަތުމަށް އަގު ދެއްކިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވީއިރު ވެސް ސައިކަލު ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އެކަމާ ގުޅޭގޮތުން ލިޓަސް އަށް މެސެޖު ކުރުމުން އެފަރާތުން އެދެވޭ ޖަވާބެއްވެސް ނުލިބެ އެވެ. ނޫނީ ތަކުރާރުކޮށް ދޭ ޖަވާބަކީ "އަންނަ ހަފްތާގައި ލިބޭނެ" ކަމަށެވެ.
އެކަމާ ގުޅިގެން "ދިޔަރެސް" އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އޭނާ ސައިކަލު ގަންނަން ލިޓަސް އަށް ފައިސާ ދެއްކުމަށްފަހު އެއް މަހަށްވުރެ ގިނަދުވަސްވީ އިރުވެސް ސައިކަލެއް ނުލިބެ އެވެ. ނަމަވެސް ލިޓަސް އިން އިޝްތިހާރު ކުރަނީ ފުލް ޕޭމަންޓު ދައްކާތާ ދެ ހަފްތާއާ ތިން ހަފްތާ ތެރޭގައި ސައިކަލު ލިބޭނެ ކަމަށް ބުނެ އެވެ.
އޭނާ ބުނި ގޮތުގައި ސައިކަލު ނުލިބި އެތައް ދުވަހެއް ވުމުން ރިފަންޑު ހޯދަން ވެސް ލިޓަސްއަށް އެތައް ފަހަރަކު ގުޅައި މެސެޖުކުރަން ޖެހުނެވެ. ރިފަންޑު ލިބޭގޮތްވީ ވެސް އެތައް ދުވަހެއް ފަހުންނެވެ.
އޭގެ ސަބަބުން އޭނާ ބުނި ގޮތުގައި ސައިކަލު ނުލިބި އެއް މަސްދުވަސް ވުމުގެ ސަބަބުން އެ ދުވަސްތަކުގައި ހިނގާފައި އުޅެން ޖެހުމާއި، އެހެން ތަނަކުން ސައިކަލު ނުގަނެވި ރުފިޔާ ލިޓަސްގައި "ތާށިވެފައި" ހުރުމުން އެތައް ގެއްލުމެއްވި އެވެ.
ލިޓަސް އިން ސައިކަލު ނެގި ބައެއް މީހުންނަށް ހަތަރު އަހަރު ވީއިރުވެސް ސައިކަލުގެ ރަޖިސްޓްރީ ވެސް ނުލިބޭ ކަމަށް މި ނޫހަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނެ އެވެ.
އަދި އިންސްޓޯލްމެންޓަށް ދޫކުރާ ސައިކަލުގެތަކުގެ ރެޖިސްޓްރީ ވެސް ބަދަލުނުވެ އެތައް އަހަރެއް ވެގެންދާ ކަމަށާއި، އެތަނުގެ ކަސްޓަމާ ސާވިސް ވެސް ވަރަށް ގޯސް ކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
އެހެންކަމުން ލިޓަސް އަކީ އިތުބާރު ކުރެވޭ ބައެއް ނޫން ކަމަށް ބުނެ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ލިޓަސްއާ ދެކޮޅަށް 'ބޯއިކޮޓް ލިޓަސް' ގެ ނަމުގައި އަޑު އުފުލަމުންނެވެ.
މި ލިއުމާއި ގުޅޭ