Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެންވިރަމެންޓް ޕްރޮޓެކްޝަން އެޖެންސީ

ފީވަކު ގޮނޑުދޮށުން ވެލި ނެގުމުން ކައުންސިލް 83،000ރ. އިން ޖޫރިމަނާކޮށްފި

ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގި މައްސަލާގައި އެ ރަށު ކައުންސިލް ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގިކަމުގެ ޝަކުވާ މިދިޔަ އޮކްޓޯބަރު ހަތެއްގައި އެ އެޖެންސީ އަށް ހުށަޙަޅާފައިވާ ކަމަށެވެ. އަދި އެ އެޖެންސީން ބެލި ބެލުމުން އެކަމުގައި ކުށްވެރި ވަނީ ފީވަކު ކައުންސިލް ކަމަށް އިއުލާންގައި ބުންޏެވެ.

އީޕީއޭ އިން ބުނީ ފީވަކު ކައުންސިލްގެ އިސްނެގުމުގެ މަތިން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި އެ ރަށު ގޮނޑުދޮށުން ނަގައި ކުޑަކުދިން ކުޅޭ ޕާކެއް ހަދަން ބޭނުންކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.
އެހެންވެ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، މިދިޔަ ބުރާސްފަތި ދުވަހު ފީވަކު ކައުންސިލް 83,525ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.
އެ ފައިސާ ދައްކަން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެއް އީޕީއޭއިން ވަނީ ފީވަކު ކައުންސިލަށް ދީފަ އެވެ.
މި ލިއުމާއި ގުޅޭ