Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

ކޯލިޝަނުގެ ވެރިންނާއި އަނބިދަރިންނަށް މަޤާމުތައް ދިނުމަކީ މީހުން ގެންގުޅެން އެނގުމެއް ނޫން: އާދަމް ޝަރީފް

ސަރުކާރު ހިންގާ ކޯލިޝަނުގެ ލީޑަރުންނާއި އަނބިދަރިންނަށް މަޤާމުތައް ދިނުމަކީ މީހުން ގެންގުޅެން އެނގުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިފަދައިން އާދަމް ޝަރީފު ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ މިންވަރުގެ ތާއީދެއް އެމްޑީޕީއަށް ނެތްކަމަށާއި، އެ ޕާޓީއަށް އިންތިޚާބު ކާމިޔާބުވާނީ ކޯލިޝަނަކާއެކުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވުމުންނެވެ.

ރައީސް ޞާލިޙު އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި އެމަނިކުފާނަށް ތާއީދުކުރަންޖެހޭ މައިގަނޑު ސަބަބެއްގެ ގޮތުުގައި ފާހަގަކުރައްވަނީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ އެހެން ޕާޓީތަކުގެ ތާއީދު ލިބޭނީ އެމަނިކުފާނު ހޮވިވަޑައިގެންކަމަށްވުމެވެ. އަދި އެމަނިކުފާނު ނޫނީ ކޯލިޝަން ދެމެހެއްޓޭނެ ލީޑަރެއް ނެތުމެވެ.

ރައީސްގެ ވާހަކަފުޅަށް އިޝާރާތްކުރައްވައި އާދަމް ޝަރީފު ވިދާޅުވީ ރައީސް އެއްބަސްވެވަޑައިގަތީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ ތާއީދު އެމަނިކުފާނަށް ނެތްކަމަށް ކަމުގައެވެ. އަދި އެމަނިކުފާނުގެ އަމާޒު ހުރީ ކޯލިޝަނަކަށް ކަމަށެވެ.

އެއާއެކު އާދަމް ޝަރީފު ވިދާޅުވީ ކޯލިޝަނުގެ ވެރިންނާއި އެ ބޭފުޅުންގެ އަނބިދަރިންނަށް ސަރުކާރުގެ މަޤާމުތައް ދިނުމަކީ މީހުން ގެންގުޅެން ދަންނަނީކަމަށް ނުބެލެވޭނެ ކަމަށެވެ.

ރައީސް ޞާލިޙަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އެމަނިކުފާނު ކޯލިޝަން ދަމަހައްޓަވަނީ ނަތީޖާނުނެރުވުނަސް ކޯލިޝަނުގެ ވެރިންނާއި އެބޭފުޅުންގެ އާއިލީ ބޭފުޅުން މަޤާމުތަކުގައި ބައިތިއްބަވައިގެންނެވެ. މިސާލުތަކެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަނީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲއާއި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއެވެ.

މި ލިއުމާއި ގުޅޭ