Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތުރުކީ

ސްވިޑެން ނޭޓޯއަށް ވައްދަން ތުރުކީން ދެކޮޅުހެދުމުން ތުރުކީ ދަރިވަރަކަށް ސްވިޑެން ޕްރޮފެސަރަކު އަދަބުދީފި

ސްވިޑެން ނޭޓޯގައި ބައިވެރިކުރުމަށް ތުރުކީން އިންކާރުކުރާތީ ސްވިޑެންގެ ޔުނިވާސިޓީއެއްގެ އިންޓާންޝިޕް ޕްރޮގުރާމުގައި ބައިވެރިވުމަށް ހުށަހެޅި ތުރުކީ ދަރިވަރަކަށް ފުރުސަތު ނުދިނުމަށް އެ ޔުނިވާސިޓީގެ ޕްރޮފެސަރަކު ނިންމައިފިއެވެ.

އިސްތަންބޫލުގައި ހުންނަ އިބްނު ޚަލްދޫން ޔުނިވާސިޓީގައި ސައިކޮލޮޖީގެ ދާއިރާއިން ޑިގުރީއަށް ކިޔަވަމުން އަންނަ ފާޠިމަތު ޒަހްރާއަށް ލިބުނު ސްކޮލާޝިޕެއްގައި އޭނާ ބޭނުން ޔުނިވާސިޓީއެއްގައި އިންޓާންޝިޕް ހެދުމުގެ ފުރުސަތު ލިބުނެވެ.

އެ އިންޓާންޝިޕް ހެދުމަށް އޭނާ ހުށަހެޅި އެއް ޔުނިވާސިޓީއަކީ ސްވިޑެންގެ ސްޓޮކްހޯމް ޔުނިވާސިޓީއެވެ. އެ ޔުނިވާސިޓީގައި ހިންގާ ކްލިނިކަލް ސައިކޮލިޖީ ރިސާޗް ގުރޫޕަކުން ހަދާ ދިރާސާއެއްގައި ބައިވެރިވުމަށް އޭނާ ޝައުޤުވެރިވާކަން ހާމަކޮށް ނޮވެންބަރު 23، 2022 ގައި އެ ގުރޫޕުގެ އިސް ޕްރޮފެސަރު ޕާ ކާލްބްރިންގަށް އޭނާ އީމެއިލެއް ފޮނުވިއެވެ.

އެ އީމެއިލުގެ ޖަވާބުގައި ކުޑަ ވަގުތުކޮޅެއްގެ ފަހުން ކާލްބްރިންގް ފޮނުވި މެއިލުގައި ބުނެފައިވަނީ އޭނާއަށް ފުރުސަތު ދޭން ނިކަން އެދުނު ނަމަވެސް، ނޭޓޯގައި ބައިވެރިވުމަށް ތުރުކީން ފުރުސަތު ނުދޭތީ އޭނާއަށް އެ ފުރުސަތު ދެވެން ނެތްކަމަށެވެ.

ޓީއާރްޓީ ވޯލްޑްއާ ވާހަކަދައްކަމުން ފާތިމާ ބުނެފައިވަނީ މި ޖަވާބަކީ އޭނާއަށް ސިހުން ލިބުނު ޖަވާބެއް ކަމަށެވެ. އަދި އެ ޖަވާބު ރަނގަޅަށް ނަގައިގަނެ ދޭހަވުމަށް ވަގުތުކޮޅެއްވެސް ހޭދަވިކަމަށް ފާތިމާ ބުންޏެވެ.

ފިންލޭންޑާއި ސްވިޑެންއިން މޭ މަހުގައި ނޭޓޯގައި ބައިވެރިވާން އެދުނީ ރަޝިޔާއިން ޔޫކުރެއިނުގައި ފެށި ހަނގުރާމައާ ވިދިގެންނެވެ. ނޭޓޯގެ މެންބަރުކަމުގައި 70 އަހަރަށްވުރެ ގިނަ އަހަރުވެފައިވާ ތުރުކީން އެ ދެ ޤައުމު ނޭޓޯގައި ބައިވެރިކުރަން ދެކޮޅުހެދީ އެ ޤައުމުތަކުން ޓެރަރިސްޓު ޖަމާއަތްތަކަށް ވާގިވެރިވާކަމަށް ބުނެއެވެ.

އޭގެ ފަހުން ޖޫން މަހުގައި ފިންލޭންޑާއި ސްވިޑެން އަދި ތުރުކީގެ މެދުގައި އެ ދެ ޤައުމަށް ނޭޓޯގައި ބައިވެރިވާން މަގުފަހިކުރަން އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން ސްވިޑެންއިން ފުރިހަމަކުރަން އިލްތިޒާމުވީ އެއްވެސް ކަމެއް މިހާތަނަށް ފުރިހަމަނުކުރެއެވެ.

މިކަމާ ގުޅިގެން ފާތިމާވަނީ ރަސްމީކޮށް ސްޓޮކްހޯމް ޔުނިވާސިޓީގައި މައްސަލަޖައްސާފައެވެ. އޭނާ ބުނެފައިވަނީ ޕްރްފެސާ ކާބްރިންގްގެ މި އަމަލަކީ ތަފާތުކުރުމުގެ އަމަލެއްކަމަށާއި، އެއީ ނަސްލީ ތަފާތުކުރުމަށް ނުވާނަމަ އެއީ ސިޔާސީ ކަންކަމަށް ބަލައިގެން ތަފާތުކުރުންކަމަށް ވާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ