Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންކަމް ސަޕޯޓު އެލަވެންސް

އިންކަމް ސަޕޯޓް ހޯދީ އޮޅުވާލައިގެން، ދައުވާ ކުރުމުން ފައިސާ އަނބުރާ ދައްކައިފި

މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ހުޅުވައިލި އިންކަމް ސަޕޯޓް އެލަވަންސް އޮޅުވާލައިގެން ހޯދި މީހެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ ފައިސާ އަނބުރާ ދައްކައިފި އެވެ.

އެމައްސަލަ ސަރުކާރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުމެއްގައި ބުނެފައި ވަނީ އިންކަމް ސަޕޯޓަށް އެދި އިކޮނޮމިކް މިނިސްޓްރީ އަށް ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޯމެއް ހުށަހަޅައި 5000ރ. ހޯދާފައިވާ ކަމަށެވެ.

އެ ފައިސާ އަނބުރާ ދައްކަން ތަކުރާރުކޮށް އެދުމުން ވެސް އަނބުރާ ދައްކާފައި ނުވާތީ، ދައުވާ ކުރުމުން އޭނާ ވަނީ ދައުވާ އަށް އިއުތިރާފުވެ 1 ސެޕްޓެމްބަރު 2022 ގެ ކުރިން ފައިސާ ދައްކަން އެއްބަސްވެ އެ މުއްދަތުގައި ފައިސާ ވެސް އަނބުރާ ދައްކައިފަ އެވެ.


އެހެންކަމުން އިކޮނޮމިކް މިނިސްޓްރީން ވަނީ އެ މީހާގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންގޮސް އެ ހިސާބުން ދައުވާ ނިންމާލައިފަ އެވެ.

ސަރުކާރުން ދިން އިންކަމް ސަޕޯޓް އެލަވަންސް އާ ގުޅިގެން ހަދާފައިވާ އޮޑިޓް ރިޕޯޓުތަކުން އެނގޭ ގޮތުގައި އެކި ފަރާތްތަކުން އޮޅުވާލައިގެން ދައުލަތުން ފަސް މިލިއަނެއްހާ ރުފިޔާ ވަނީ ނަގައިފަ އެވެ.

މި ލިއުމާއި ގުޅޭ