Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޞިއްޙަތު

ސައި ބޯން އާދަކުރޭ: އެތައް ފައިދާއެއް ލިބިދޭ ބުއިމެއް

ސަޔަކީ އެތައްހާސް އަހަރުތަކެއްގެ ތެރެއިން ގިނަ ބައެއްގެ ލޯބި ލިބިފައިވާ، މީރު، ފައިދާ ހުރި ބުއިމެކެވެ. މި ބުއިމުގެ އަސްލަކީ ޗައިނާއެވެ. ޗައިނާގައި ފުރަތަމަ މި ބުއިން ބޭނުންކުރެވުނީ ބޭހެއްގެ ގޮތުގައެވެ. ޗައިނާއިން އެކިއެކި ގައުމުތަކަށް ސައި ތައާރަފްވެގެން އައިސް މިހާރު ސަޔަކީ މުޅި ދުނިޔެއަށް މަޝްހޫރު، އޭގެ އެކި ބާވަތްތަކުން ދޭ ތަފާތު، މީރު ރަހަޔާއި ލިބިދޭ ފައިދާތަކަށް ކޮންމެ ދުވަހަކު ބޭނުންކުރާ އެއްޗެކެވެ.

ސައިން ލިބިދޭ ގިނަ ފައިދާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ހަށިގަނޑު ތެރޭގައި ދައުރުވާ ސެލްސްތަކަށް ގެއްލުންކުރާ ފްރީ ރެޑިކަލްސް މާއްދާއިން ސެލްތައް ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓް މި ބުއިމުގައި ގިނަ އަދަދަކަށް ހިމެނުމެވެ. ސަޔަކީ އޭގެ ގިނަ ބާވަތްތަކުގައި، އަދި ހާއްސަކޮށް ގްރީން ޓީގައި، ކެޓެޗިންސް ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓް މުއްސަނދި
ބުއިމެކެވެ. މި ވަކި އެންޓިއޮކްސިޑެންޓުން ހިތުގެ އެކި ބަލިތަކާއި އަދި ކެންސަރު ޖެހުމުން މީހާ ދުރުކޮށްދޭކަން ދިރާސާތަކުން ދައްކައިދެއެވެ.

ހަށިގަނޑުން ފެންމަދުވެ، ކަރު ތެއްމާލަން ހަކުރު އެކުލެވޭ ބުއިމެއްގެ ބަދަލުހައި ސައި ތައްޓެއް ބޯލުމުން، ހަށިގަނޑަށް ލިބިގެންދާ ފެން މާ ގިނަވެ، އަދި ސޯޑާ ކަހަލަ ބުއިމަކަށް ވުރެން ހާސްތަނެއް ދުޅަހެޔޮ ވާނެއެވެ. މީގެ އިތުރުން، ބުރަ ދުވަހެއްގައި ކުރަންޖެހޭ ގިނަ ކަންތައްތަކާ ކުރިމަތިލުމުގެ ކުރިން ސައި ތައްޓެއް ބޯލުމުން، ސިކުނޑި ސާފުވެ، ކަންތަކާ ގިނަ އިރުވަންދެން ވިސްނުމަށް އެހީވެދެއެވެ.

އާންމުކޮށް ބޯ ކަޅުސައިގެ އިތުރުން ވަރަށް ގިނަ ބާވަތް ހުރެއެވެ. ކޮންމެ ބާވަތެއްގައި ލާ ރަހަޔާޢި، ލިބިގެންދާ ފައިދާތައް ތަފާތެވެ. އެންމެ މަޝްހޫރު ބައެއް ސައިތަކައް ބަލާލަމާ ހިނގާށެވެ.

ގްރީން ޓީ: ގްރީން ޓީ ފާހަގަ ކޮށްލެވެނީ އޭގައި ހިމެނޭ އެންޓިއޮކްސިޑެންޓް ގިނަވުމުންނާއި، އަދި މީހާ ކާ އެއްޗިސް ހަކަތައަށް ބަދަލުކޮށްދޭ މަރުހަލާއަށް، ނޫނީ މެޓަބޯލިސަމް އަވަސްކޮށްދޭތީއެވެ.

ކަޅު ސައި: ކަޅު ސަޔަކީ ހުރިހާ ބާވަތެއްގެ ތެރެއިން އެންމެ އާންމު ބާވަަތެވެ. ދިރާސާތަކުން ދައްކާގޮތުން، އެ ރަހަ ގަދަ، މީރު ސައިން ކޮލެސްޓްރޯލް މިންވަރު އެއްހަމައެއްގައި ހިފަހައްޓަން އެހީވެދެއެވެ.
ހުދު ސައި: ލުއި، ކުޑަކޮށް އޮކްސިޑައިޒްޑް ވެފައިވާ ހުދު ސަޔަކީ މުސްކުޅި ވުމުގެ އަލާމާތްތަކުން ސަލާމަތްކޮށްދޭ މާއްދާތަކެއް ހިމެނޭ ސައެއްގެ ގޮތުގައި މަޝްހޫރު ބުއިމެކެވެ.
އޫލޯންގް ސައި: މެދު މިންވަރަކަށް އޮކްސިޑައިޒް ވެފައިވާ އޫލޯންގްއަކީ، ބަރުދަން ލުއިވުމަށް އެހީވެދޭ އަދި އެންޓިއޮކްސިޑެންޓް މުއްސަނދި ބާވަތެކެވެ.
ހާބަލް ޓީ: އެކި ބާވަތުގެ ގަސްގަހާއިގެހިން އުފައްދާ މި ސަޔަކީ، ހިތުގެ ބަލިތަކުގެ ޝިފާއަކަށް ބޭނުން ކުރާ، ކެފީން ނުހިމެނޭ ބާވަތުގެ ސައެކެވެ.

ޑާ-ހޮންްގް ޕާއޯ: "ބިގް ރެޑް ރޯބް"ގެ ނަމުން މަޝްހޫރު، އޫލޯންގް ސައިގެ ބާވަތެއް ކަމުގައިވާ މި ސަޔަކީ، ހުރިހާ ބާވަތްތަކުގެ ތެރެއިން އެންމެ އަގުބޮޑު، އަދި މީހުން އެންމެ ގިނައިން ހޯދައި އެއް ސައިގެ ބާވަތެވެ. ޗައިނާގެ ވޫޔީ ފަރުބަދައިގައި ހައްދާ ޑާ-ހޮންގް ޕާއޯ ސައިގެ ބައި ކިލޯ ހަމަވާ ކުޑަކުޑަ އެތިކޮޅެއްވެސް އެތައްހާސް ޑޮލަރައް ވިކެއެވެ.

އޭގެ އެކި ބާވަތުން ލާ މީރު ރަހައަށާއި، ލިބިދޭ ގިނަ ފައިދާތަކެއްގެ ސަބަބުން ސަޔަކީ އެ ބޭނުންކުރާތާ އެތައް އަހަރެއްވެފައިވާ ބުއިމެކެވެ. ދުޅަހެޔޮ ސިއްހަތަކަށް އެދޭ މީހުންގެ އިހުތިޔާރަކަށްވާ ސަޔަކީ، އޭގައި ގިނަގުނަ އެންޓިއޮކްސިޑެންޓްސް ހިމެނޭ އަދި ގިނައިރުވަންދެން ހަށިގަނޑު ހައިޑްރޭޓްކޮށްދޭ ބުއިމެކެވެ. ދެން ފަހަރަކުން ދުވަހުގެ މަސައްކަތްތަކާއި ނޫނީ ދިމާވެދާނެ އުނދަގޫ ކަންކަމާއި ކުރިމަތިލާއިރު، ހަކުރު ގިނަ ސޯޑާއެއް ނުވަތަ އެނާޖީ ބުއިމެއް ބުއިމުގެ ކުރިން، ސައި ތައްޓަކުން ލިބޭ ގިނަ ފައިދާތައް ހަނދާންކޮށްލާ، ސައިގެ މީރު ރަހަޔާއި މެދު ވިސްނާލާށެވެ.

މި ލިއުމާއި ގުޅޭ