Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ނަޝީދުގެ އިންޒާރެއް: ފެބްރުއަރީ މަހު ތަކެތީގެ އަގު ބޮޑުވާނެ!

އަންނަ ފެބްރުއަރީ މަހު ތަކެތީގެ އަގު ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތ.ގުރައިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ސަރުކާރުން ޓެކްސް ބޮޑުކުރީ ދަރަނި ދައްކަން ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އޭގެ ސަބަބުން ތަކެތީގެ އަގު އުފުލޭނެ ކަމަށްވިދާޅުވިއެވެ.

"މިހާރު އުފުލިފައިހުރި މިންވަރަށްވުރެވެސް އިތުރަށް އަދި އުފުލިގެންދާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިހާރު ތަކެތީގެ އަގަށް އައިސްފައިވާ ބަދަލަކީ ހަމައެކަނި ޖީއެސްޓީއަށް އިތުރުވި މިންވަރުން އިތުރުވި އަދަދެއްކަމަށެވެ. އެއީ ފިހާރަތަކުގައި ހުރި ސްޓޮކް ކަމަށާއި، އާ ސްޓޮކް އަންނަ އިރު ނާލުގެ އަގާއި، ގުދަން ކުއްޔާއި، ތެލަށް އިތުރުވާ ބައިގެ އިތުރުންވެސް އެތައް ބައެއް އިތުރުވެގެން ދާނެ ކަމަށެވެ.

އެހެން ކަމުން އަންނަ ފެބްރުއަރީ މަހު ތަކެތީގެ އަގު މިހާރަށްވުރެ 10-15 އިންސައްތަ ބޮޑުވެ އެކަން ތަޖުރިބާކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޓެކްސް ބޮޑު ކުރުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ޓެކްސް ކުޑަކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވިއެވެ.

ޖީއެސްޓީ ބޮޑުކުރުމާއި އެކު މުދަލާއި ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އަގު އުފުލޭނެ ކަމަށް ލަފާކުރެވެއެވެ.

މި ލިއުމާއި ގުޅޭ