Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިބްރާހީމް ޝަރީފު

ނަޝީދުގެ ކެމްޕޭން ބައްދަލުވުމުގައި މީހުން ގިނަވުމުން ޝަރީފު ވިދާޅުވީ ޕީޕީއެމުން މީހުން ފޮނުވީކަމަށް

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް މުޙައްމަދު ނަޝީދު މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވެވި ބައްދަލުވުމަށް ދިޔަ މީހުން ގިނަވުމާއެކު، އެ ޖަލްސާއަށް ޕީޕީއެމުން މީހުން ފޮނުވިކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ތުހުމަތުކުރައްވައިފިއެވެ.

ބުރާސްފަތިދުވަހުގެ ރޭ ރާޅުގަނޑުގައި ރައީސް ނަޝީދު ބޭއްވެވި ބައްދަލުވުމަކީ މިހާތަނަށް މި ރިޔާސީ ޕްރައިމަރީގައި އެންމެ ގިނަ މީހުންނާއެކު ބޭއްވި ބައްދަލުވުމެވެ. މާލެއިން އެކަނި ސަޕޯޓަރުން ބައިވެރިވި ބައްދަލުވުމުގައި އެކަށީގެންވާ އަދަދަކަށް މީހުން ބައިވެރިވިއެވެ. މިއީ މިހާތަނަށް މި ޕްރައިމަރީގެ ކެމްޕޭނުގައި އެންމެ ގިނަ މީހުން ބައިވެރިވި ހަރަކާތެވެ.

އެ ބައްދަލުވުމުގައި ނަޝީދުވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގައި ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުމުގެ ވައްޓަފާޅިއެއް ނެތްކަމަށް ވިދާޅުވެ، ސަރުކާރުގެ ޝިއާރަކީ އަންނަނީ އަންނަނީ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި މިހާތަނަށް ރައީސް ޞާލިޙުގެ ސަރުކާރުން ފެށި ބޮޑު އެއްވެސް މަސައްކަތެއް ނިންމައިނުލެވެއެވެ.

ނަޝީދުގެ އެ ބައްދަލުވުމަށްފަހު، އެމަނިކުފާނާ ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ޝަރީފު އެ ސިޓީއެއް ތަމްސީލުކުރައްވާ އައްޑޫ ސިޓީއަށް ކެމްޕެއިނުގައި ވަޑައިގެންފައެވެ. އެ ސިޓީން އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވީ ވަރަށް މަދު އަދަދެއްގެ މީހުންކަން ފާހަގަކުރެވެއެވެ.

މިއަދު ޝަރީފު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ ޕީޕީއެމްގެ އިސް ލީޑާޝިޕުން ނަޝީދުގެ ހަރަކާތްތަކަށް އެ ޕާޓީގެ ކުދިން ފޮނުވައި ކެމްޕޭންކޮށްދެނީ އެމްޑީޕީ ރިޔާސީ އިންތިޚާބުގައި ބަލިކޮށްލުމުގެ ރޭވުމުގެ ދަށުން ކަމަށެވެ. އަދި އެކަމަށް އެމްޑީޕީ މެންބަރުން ސަމާލުވާންޖެހޭ ކަމަށެވެ.

ޝަރީފު މިފަދައިން ވިދާޅުވި ނަމަވެސް ބުރާސްފަތިދުވަހު ނަޝީދުގެ ބައްދަލުވުން ކުރިއަށްދިޔަ ވަގުތު ޕީޕީއެމް މެންބަރުން ގެންދިޔައީ އެ ޕާޓީގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން މިނިވަންކުރަން ގޮވައިލާ މާލޭގައި އިހުތިޖާޖުކޮށް ހިނގައިލުމެއް ބާއްވަމުންނެވެ.

މި ލިއުމާއި ގުޅޭ