މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 91.53 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި 20222 ނިމުނުއިރު މުދަލު ޒަކާތުގެ 91.53 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 20 ހާސް ރުފިޔާގެ އިތުރުވުމެކެވެ.
މުދަލު ޒަކާތުގެ ނިސާބަކީ 5777.45 ރުފިޔާއެވެ. ނިސާބު ބަދަލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.