Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކަރެކްޝަނަލް ސާވިސަސް

ފަރުވާ ނުލިބި ގިނަދުވަސް ވެގެން ސަލާމްގެ ގޮހޮރު އޮތީ ފެޅިފަ!

ޖަލުގައި ހުރި އިރު ފަރުވާ ނުލިބި ގިނަދުވަސް ވެގެން އަބްދުއްސަލާމްގެ ގޮހޮރު އޮތީ ފެޅިފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން ބުނެފި އެވެ.

އަބްދުއްސަލާމް އަލީ ހައްޔަރުކުރީ 2021 ގެ ޖޫން މަހުގެ ތެރޭގައި ފުވައްމުލަކު ސިޓީގައި ހިނގި މާރާމާރީއަކާ ގުޅިގެންނެވެ.
ސަލާމްގެ އާއިލާއިން ކުރިން "ދިޔަރެސް" އަށް ކިޔައިދީފައިވާ ގޮތުގައި ޖަލަށް ލީ ފަހުން ސަލާމްގެ ބަނޑަށް ތަދުވެ ނުކެވި ގޮތްގޮތް ވާންފެށި އެވެ. އެކަމަކު ކަރެކްޝަންސް އިން އެކަށީގެންވާ ފަރުވާ ނުދީ، ތަދު ކަނޑުވާ ބޭސް ދީގެން އެތައް ދުވަހަކު ހިފެހެއްޓީ އެވެ.
ބަލިވެގެން އެތައް ފަހަރަކު މާފުށި ޕްރިޒަން ކްލިނިކަށާއި އައިޖީއެމްއެޗް ހޮސްޕިޓަލަށް ދެއްކުމުން ހަދަން ބުނި ޓެކްޓުތައް ނުހަދައިވެސް އެތައް ދުވަހެއްވި އެވެ.

".. މިދިޔަ އޮކްޓޯބަރު ތެރޭގަ ޓެސްޓު ހަދާފަ އޭޑީކޭއިން ބުނަނީ އިތުރަށް ތިމަންނަމެންނަށް ކުރެވޭނެ ކަމެއް ނެތޭ. އޭޑީކޭއިން ބަނޑުތެރެއަށް ކެމެރާއެއް ލައްވައިގެން ބެލި އިރު ބަނޑު ތެރޭގަ ހުރޭ ޓިއުމާ ބޯލްތަކެއް ފާޑެއްގެ އެއްޗެއް. އެމީހުން ބުނީ ނުކެވި ގިނަސުވަސް ވުމުގެ ސަބަބުން ބަނޑުތެރޭ އެއްކޮށް ގޭސް ހެދި ކެމެރޭއަކަށްވެސް އެހާ ބޮޑަށް އައިޑެންޓިފައިއެއްވެސް ނުކުރެވެޔޭ ކިހިނެއް ކަމެއް ވަނީ." ސަލާމްގެ ބޭބެ އޭރު ދިޔަރެސް އަށް ކިޔައިދިނެވެ.

އާއިލާއިން އެތައް މަސައްކަތެއް ކޮށްގެން ބަންދު ރިވިއުކޮށް، ސަލާމްގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ހުއްދަ ލިބުނީ މި މަހުގެ ފަސްވަނަ ދުވަހު އެވެ.

ސަލާމްގެ އާއިލާއިން މިއަދު ބުނި ގޮތުގައި ސަލާމަށް އެކަށީގެންވާ ފަރުވާ ލިބޭގޮތް ވީއިރު ގޮހޮރު އޮތީ ފަޅައިގެން ގޮސްފަ އެވެ. އެހެން ދިމާވީ ފަރުވާ ނުލިބި ތިން މަސް ވުމުން ކަމަށް ޑޮކްޓަރުން ބުނި ކަމަށް ސަލާމްގެ އާއިލާއިން ބުންޏެވެ.
މިއަދު ސަލާމްގެ ސާޖަރީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާއިލާއިން ބުނެ އެވެ.

ސަލާމްގެ އާއިލާއިން ބުނި ގޮތުގައި އެހީއަކަށް އެދި އިދާރާތަކުގައި އާދޭސް ކުރަތާ ހަ މަހަށްވުރެ ގިނަ ދުވަސްވީ އިރު އެންމެންނަށްވެސް އެމީހުންގެ އާދޭސް އަޑު އިވުނީ އެމްޑީޕީގެ ޕްރައިމަރީ އިންތިހާބާ ދިމާކޮށެވެ.

"އެބޭފުޅުންގެ ފަރާތުން އެއްވެސް އެބާރުލުމެއް ނުލިބުނު. އިންސާނިއްޔަތު ކަމެއް ހުރީމަ އައިޖީއެމްއެޗް ޑޮކްޓަރުން އެވަރު ވިސްނިގެން އެބޭފުޅުން އަމިއްލައަށް ލިޔުން ދީގެން ކަރެކްޝަންސް އަށް ލިޔުން ހުށަހެޅީމަ ބޭރަށް ދެވޭގޮތް ވީ،" ސަލާމްގެ ބޭބެ ބުންޏެވެ.
މި ލިއުމާއި ގުޅޭ