Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ހިފައިފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން އިއްޔެ ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފައިފި އެވެ.

އެ ކިނބޫ ފެނުނީ އިއްޔެ ހަވީރު 5:15 ހާއިރު އެވެ. އެރަށުގައި ތިބި މީހުން އިއްޔެ އެކަން ފުލުހަށް ރިޕޯޓު ކުރުމުން އެކަމާ އަޅާނުލި ކަމަށް އެރަށުގައި ތިބި ބައެއް މީހުން ތުހުމަތުކުރެ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު ކޯސްޓްގާޑުން އެ ކިނބޫ ހިފުމަށްފަހު ބޮލިދުއްފަރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރު އޭތި ދޫކޮށްލާފައިވާ ކަމަށެވެ.

އެ ކިނބުލުގެ ދިގުމިނުގައި 14 ފޫޓު ހުރިކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

މި ލިއުމާއި ގުޅޭ