Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޢިޔާޒް

ދިޔަރެސްގެ ނޫސްވެރިންނާ ދިމާލަށް ޑރ.އިޔާޒު އަރަބި ބަހުން ހަޑިހުތުރު އެއްޗެހި ގޮވައިފި

"ދިޔަރެސް" ނޫހުގެ ނޫސްވެރިންނަށް ނިސްބަތްކޮށް އަދާލަތު ޕާޓީގެ އެކްޓިވިސްޓް ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފު އަރަބި ބަހުން ހަޑިހުތުރު ބަސް ބޭނުންކޮށްފިއެވެ.

ޑރ.އިޔާޒު ޢަރަބި ބަހުން ކުރެއްވި ޓުވީޓެއްގައި "ދިޔަރެސް"ގެ ނޫސްވެރިންނާ ދިމާލަށް ހަޑިހުތުރު ބަހެއް ބޭނުންކުރެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކުރެއްވި ޓުވީޓެއް ރިޓުވީޓުކުރައްވައި އޭނާއަށް ހިތްވަރުދެއްވުމުގެ ގޮތުންނެވެ.

އަލީ ޒާހިރުގެ ނަމުގެ ކުރިއަށް ޝައިޚް ބޭނުންކުރަން އޭނާ ބޭނުންނުވާތީ، ޝައިޚުގެ ލަޤަބު ބޭނުންނުކުރާން ރައީސް އޮފީހުގެ މުވައްޒަފުންނަށް އޭނާ އެންގެވިކަން "ދިޔަރެސް"އިން ރިޕޯޓުކުރުމުން ވަރަށް ބޮޑަށް ކޯފާވެ އޭނާވަނީ އިއްޔެ "ދިޔަރެސް"އަކީ ނޫހެއް ނޫންކަމަށާއި ފޮޅިއެއްކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ.

އެ ޓުވީޓު ރިޓުވީޓުކުރައްވައި އިޔާޒު ވިދާޅުވެފައިވަނީ އަލީ ޒާހިރު ކަންތައް ކުރެއްވީ ރަނގަޅަށް ކަމަށެވެ. އަދި ދަގަނޑު ކެނޑޭނީ ދަނގަނޑުންކަމަށް ވިދާޅުވެ، އޭނާ "ދިޔަރެސް" ނޫސްވެރިންނަށް ނިސްބަތްކުރައްވައި ބޭނުންކުރެއްވި ބަހަކީ أوغاد މި ލަފުޒެވެ. އެ ލަފުޒަކީ وغدގެ ގިނަ ގޮތެވެ.

އެ ލަފުޒުގެ އިނގިރޭސި ތަރުޖަމާއަކީ Bastard އެވެ. ދިވެހި ބަހަށް ތަރުޖަމާކުރާނަމަ އެއީ ބަކަށްޓެވެ. ދިވެހި ބަހުގައި ބަކަށި ކިޔަނީ ބަފައި ކަށަވަރުނުވާ ދަރި، ނުވަތަ ޒިނޭގެ ދަރިއެއްކަމަށް ބުނުމަށެވެ. އެ ލަފްޒު ޢަރަބި ބަހުގައި ގިނަ މާނަތަކެއްގައި ބޭނުންކުރެއެވެ. އެ ބަހުގެ ހުރިހާ މާނައަކަށް ބެލި ނަމަވެސް ބޭނުންކުރަނީ ހުތުރު ބަހެއްގެ ގޮތުގައެވެ.

އެގޮތުން އެކި ކޮންޓެކްސްޓުތަކުގައި އެ ލަފްޒު ބޭނުންކުރެވޭ މާނަތަކަށް ބަލާއިރު ހަރާން ދަރިއާއި އެނޫންވެސް ގިނަގުނަ ހުތުރު މާނަތަކެއް ހިމެނެއެވެ.

ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންނަކީ ޚިޔާލު ތަފާތުވާ މީހުންނާމެދުވެސް މިފަދަ ލަފުޒުތައް ބޭނުންކުރައްވާ ބޭފުޅުންތަކެއް ނޫނެވެ. ނަމަވެސް އިޔާޒަކީ ޚިޔާލު ތަފާތުވާ މީހުންނާއި ސަރުކާރަށް ފާޑުކިޔާ މީހުންނަށް އަމާޒުކޮށް މިބާވަތުގެ ބަސްތައް ބޭނުންކުރައްވާ ބޭފުޅެކެވެ.

މިހާރު ހިނގަމުންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ރައީސް ނަޝީދު ވިދާޅުނުވާ ބަސްފުޅެއް ވިދާޅުވިކަމަށް ދައްކައިގެން އެމަނިކުފާނަށް ދީނީ ގޮތުން ރައްދުދެއްވައި ﷲ ސުބްޙާނަހޫ ވަތައާލާއަށް ޚާއްޞަ ސިފަފުޅެއް އަމިއްލަ ނަފްސަށް ނިސްބަތްކުރެއްވިކަމަށް ދައްކަވަން އިޔާޒު މަސައްކަތްކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ