Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެޑްވޭވް

ގިނަ ބާވަތްތަކުގެ މުދަލާއެކު ރެޑްވޭވުގެ 12 ވަނަ ފިހާރަ ހުޅުވައިފި

ތަފާތު އެކި ބާވަތްތަކުގެ މުދަލާއެކު، ރާއްޖޭގެ އެންމެ ބޮޑު ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ކުންފުނި ރެޑްވޭވްގެ 12 ވަނަ ފިހާރަ މިއަދު ހުޅުވައިފިއެވެ.

މާލޭގެ ހެންވެއިރުގައި ހުޅުވި މި ފިހާރައަކީ ގެތަކަށް ބޭނުންވާ މުދަލުގެ އިތުރަށް އަންނައުނުގެ އެކި ބާވަތްތައްވެސް ލިބެން ހުންނަ ފިހާރައެކެވެ. އެ ފިހާރަ ހުޅުވައިދެއްވީ ރެޑްވޭވް ކުންފުނީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

ފިހާރަ ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ސަލީމު ވިދާޅުވީ މިއީ މާލެ ސަރަހައްދުގައި ހުޅުވާ ރެޑްވޭވް ކުންފުނީގެ ބާރަވަނަ ފިހާރަ ކަމަށެވެ. މިފިހާރައާއެކު މާލޭގައި އެ ކުންފުނީގެ 10 ފިހާރަ އަދި ހުޅުމާލޭގައި ދެ ފިހާރަ ހުންނާނެކަމަށް ސަލީމު ވިދާޅުވިއެވެ.

އަދި ރެޑްވޭވުގެ އުންމީދަކީ ހެޔޮ އަގުގައި ވީހާވެސް ފަސޭހައިން ރައްޔިތުންނަށް މުދާ ލިބޭނެ ގޮތްތަކެއް ފަހިކުރުން ކަމަށެވެ. އެގޮތުން ޖީއެސްޓީ ރޭޓު ބޮޑުކުރި ނަމަވެސް އެ ކުންފުނީގެ ފިހާރަތަކުން ވިއްކާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ރަައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ސަލީމު ވިދާޅުވިއެވެ.

ރެޑްވޭވުގެ ހުރިހާ ފިހާރައަކުންވެސް ކާބޯތަކެތީގެ ތަފާތު ބާވަތްތައް ހެޔޮ އަގުގައި ލިބޭނެކަމަށާއި، އަންނަ ރަމަޟާން މަހުގައިވެސް މުދަލުގެ އަގު އުފުލުނަނުދީ ހިފަހެއްޓުމަށް މަސައްކަތްކުރައްވާނެކަމަށް ސަލީމު ވިދާޅުވިއެވެ.

އަދި މިހާރު މާލޭގައި ރެޑްވޭވުގެ އިތުރު ދެ ފިހާރައެއް ހުޅުވުމަށް ތައްޔާރުވަމުންދާކަން ސަލީމު ހާމަކުރެއްވިއެވެ. އެގޮތުން މާލޭގެ ސޯސަން މަގުގައި ކުރިން ހުރި އަގޯރާ ފިހާރައާއި މަޖީދީމަގުގައި ހުރި އަގޯރާ ފިހާރާގައި ރެޑްވޭވް ފިހާރައެއް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށް ސަލީމު ވިދާޅުވިއެވެ.

އެތަނުގައި ގިނަ ބާވަތްތަކެއްގެ މުދާ ލިބެން ހޫނުކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަލީމު ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް އެ ފިހާރަތައް ހުޅުވޭނެއެވެ.

ރެޑްވޭވުގެ އައު ފިހާރައަކީ ދެ ފަންގިފިލާގެ ފިހާރައެކެވެ. އެ ފިހާރައިގެ ފުރަތަމަ ފަންގިފިލާއަކީ ކާބޯތަކެއްޗަށް ޚާއްޞަ ބަޔަކަށްވާއިރު ދެވަނަ ބައިގައި އަންނައުނާއި ބަދިގެއަށް ބޭނުންވާ ތަފާތު ސާމާނުތައް ލިބެން ހުންނާނެއެވެ.

މި ލިއުމާއި ގުޅޭ