Saturday 13th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢަލީ ޒާހިރު

އަލީ ޒާހިރު "ދިޔަރެސް"އާމެދު ވަރަށް ބޮޑަށް ކޯފާވެއްޖެ

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު "ދިޔަރެސް"އާމެދު ވަރަށް ބޮޑަށް ކޯފާވެއްޖެއެވެ.

އަލީ ޒާހިރު ކޯފާވި ސަބަބަކީ އޭނާއަށް ޝައިޚުގެ ލަޤަބުން މުޚާޠަބުނުކުރަން އެދިވަޑައިގެންނެވިކަން "ދިޔަރެސް"އިން ހާމަކުރުމާ ގުޅިގެންނެވެ. ރައީސް އޮފީހުގެ އޮފިޝަލެއް ނަންނުޖެހުން ޝަރުތުކޮށް ދެއްވި މައުލޫމާތު ގެނެސްދިނުމުން އަލީ ޒާހިރުވަނީ ވަރަށް ބޮޑަށް ކޯފާވެފައެވެ.

ކޯފާވެ އާންމުކޮށް ސަރުކާރުގެ އިސްވެރިން ހިފަހައްޓަމުން އަންނަ ޕްރޮފެޝަނަލިޒަމުގެ ހުރިހާ މިގަނޑުތަކާ ޚިލާފަށް މަލާމާތުގެ ޓުވީޓެއް ކުރައްވާފައިވެއެވެ.

އެގޮތުން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފަައިވަނީ "ދިޔަރެސް"އަކީ ނޫހެއް ނޫންކަމަށާއި، އެއީ އެ ނޫހުގެ ދެ މުއައްސިސަކު ގެންގުޅޭ "ފޮޅި"އެއްކަމަށް ވަރަށް ސީނިއާ އޮފިޝަލެއްގެ ފަރާތުން ނަން ހާމަނުކޮށް އަދި ވަރަށް މުއުތަބަރުކޮށް އެނގިއްޖެކަމަށެވެ.

ސަރުކާރުތަކުގެ ވެރިން ހިންގާ އެކި ބާވަތުގެ ކަންކަމުގެ މައުލޫމާތު ނޫސްތަކާ ހިއްސާކުރުމުން އެ ފަރާތްތަކާމެދު ފިޔަވަޅުއަޅައި މައުލޫމާތުދޭ ފަރާތްތަކުގެ ދިރިއުޅުމަށް ކޮށްފާނެ ނޭދެވޭ އަސަރަކުން އެ ފަރާތްތައް ހިމާޔަތްކޮށް ނޫސްވެރިންނަށް ފަސޭހަކަމާއެކު މައުލޫމާތު ހޯދައި ފެތުރުމުގެ މަސައްކަތްކުރެވޭނެކަން ކަށަވަރުކުރުމަށް މަސްދަރު ހާމަނުކުރުމުގެ ޙައްޤު ޤާނޫނު އަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވެއެވެ.

ނަމަވެސް މިފަދައިން އެކި މަސްދަރުތަކުން ލިބޭ ސައްހަ މައުލޫމާތު ހާމަކުރުމުން ސަރުކާރުގެ ބައެއް ވެރިންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އެއީ ނޫސްވެރިކަމުގެ އަސާސީ އުސޫލުތަކާ ޚިލާފުކަމެއްކަމަށް ދެއްކުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއެވެ.

އަލީ ޒާހިރު "ދިޔަރެސް"އާމެދު ކޯފާވެގެން ކުރެއްވި ޓުވީޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެއީ ސަރުކާރުގެ ޒިންމާދާރު މުހިއްމު މަޤާމެއްގައި ހުންނަވާ ބޭފުޅަކު ކުރައްވާ ބާވަތުގެ ޓުވީޓެއް ނޫންކަމަށް ބުނެ އޭނާއަށް ފާޑުކިޔަމުންނެވެ.

މި ލިއުމާއި ގުޅޭ