ދާނެ ގެދޮރު ނެތި، އެ ތަނެއްގެ ރަށްވެއްސެއްކަމަށް ބުނެވޭނެ ގައުމެއްނެތި އޭނާ ޖެހުނީ، ކުއާލާ ލަމްޕޫރު އިންޓާނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގައި ދިރުއުޅޭށެވެ. އޭނާވަނީ އެތަނުގައި ދިރިއުޅުނު ދޮޅުއަހަރުގައި އުޅުނު ހާލަތު، އަދި ކުރި ކަންކަން ސޯޝަލްމީޑިޔާގައި ހިއްސާ ކޮށްފައެވެ.
އެއާޕޯޓެއްގެ ޓާމިނަލެއް ގެއެއްގެ ގޮތުގައި ބަލަން މަޖުބޫރުވުމުން ދޭހަވަނީ މީހާގެ ދިރިއުޅުމުގެ ބަދުނަސީބުކަމެވެ. ހަސަނަށް ކުރިމަތިވި ބަދުނަސީބު އިތުރަށް ގޯސްވެގެން ދިޔައީ މެލޭޝީޔާގެ ކަމާބެހޭ ފަރާރްތަކުން އޭނާ ހައްޔަރުކޮށް، ޑިޓެންޝަން ސެންޓަރަކަށްލައި، އަދި އޭނާ އަނބުރާ ސީރިޔާށް ފޮނުވާލާނެކަމުގެ އިންޒާރުދިން ހިސާބުންނެވެ.
"ލާއިންސާނީ އަނިޔާއާ ގާތްކުރާ" ގޮތެއްކަމަށް މެލޭޝިޔާގެ އިންސާނީ ހައްގުތަކުގެ އިދާރާއެއްކަމަށްވާ ސުހާކާމްއިން ސިފަކުރާ ގޮތަކަށް މެލޭޝިޔާގެ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ހުއްޓާ، ހަސަނަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. އޭނާ އެއާޕޯޓުގައި ދިރިއުޅުނު ގޮތާއި، އޭނާގެ ޝުއޫރުތަކުގެ ވީޑިޔޯތައް ކަންދިމާކުރިގޮތުން ކެނެޑާގެ ހިލޭ-އެހީ ފޯރުކޮށްދޭ ބަޔަކަށް ފެނުނެވެ. އެ މީހުންވަނީ ހަސަނުގެ ވާހަކަ އޭނާގެ ވީޑިއޯތަކުން ބަލައި، ހާލަތު ދެނެގަނެ އޭނާގެ ފަރާތުން ރެފިއުޖީ ފޯމެއް ފުރާ ކަމާބެހޭފަރާތަށް ހުށަހަޅާފައެވެ. ނަތީޖާއަކަށްވީ، ނޮވެމްބަރު 2018ގައި ކެނެޑާގެ ވެންކޫވާގައި އެސައިލަމް ލިބި، އެއާޕޯޓުގެ ދިރުއުޅުމުން ދޮޅުއަހަރަށްފަހު ސަލާމަތްވުމެވެ.
"މަގުމަތީގައި ހިނގާލުމާއި މި ސާފުވަޔަށް ނޭވާލުމުގެ ފުރުސަތަކީ އަހަރެންނަށް ކުޑަކަމެއްނޫން. މިއީ މިނިވަންކަމުގެ އަޑާއި ވަސް"، ކެނެޑާއަށް ދެވުމަށްފަހު ހަސަނު އުފާވެފައި ހުރި މިންވަރު ހިއްސާކުރަމުން ބުންޏެވެ.
ކެނެޑާއަށް 2018ގައި ދެވުމަށްފަހު ރަށްވެހިކަން ލިބެންދެން އޭނާ ދިޔައީ އެކިއެކި މަސައްކަތްކޮށް، އައު ގައުމަކަށް މުޅިން އެއްކޮށް ދިރިއުޅުން ބަދަލުކުރަން ޖެހުމުން ކުރިމަތިވާ ކުދިކުދި އައު ކަންތައްތަކުން އަރައިގަންނަމުންނެވެ. ރެޑް ކްރޮސްގެ ކޭސް ވޯކަރަކަށްވުމަށް އަޒުމް ކަނޑައަޅައިގެން، ބަރިސްތާއެއްގެ މަގާމުން ފެށްޓި ހަސަން، ޑަޒަނެއްހާ އޮންލައިން ކޯސްތަކެއް ފުރިހަމަކޮށް މިހާރު ވަނީ އޭނާގެ ހުވަފެން ހަގީގަތަށް ހަދައި ނިންމާފައެވެ. އަދި ރެޑް ކްރޮސްގައި އުޅެމުން އޭނާވަނީ ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމުގެ މަޝްރޫއުތަކުގައި ބައިވެރިވެފައެވެ. އަދި ފެންބޮޑުވެފައިވާ ހިސާބުތަކުގައި އުޅޭ މީހުން ސަލާމަތަށް ގެންދިއުމުގައި ހަރަކާތްތެރިވާ ޓީމުގައި އޭނާ އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.
މިހާރު އޭނާގެ އެންމެ ބޮޑު ދެ އަމާޒުކަށް ބުނަނީ، ގައުމެއް ނެތިފައިތިބި ސީރިޔާގެ ރެފިއުޖީންނަށް އެހީވުމާއި އަދި 15 އަހަރު ފަހުން އޭނާގެ އާއިލާއާ ބައްދަލުކުރުމެވެ.
ކެނެޑާއަށް ބަދަލުވުމަށްފަހު ހަސަންވަނީ އޭނާގެ އާއިލާވެސް ސީރިޔާގެ ނުރައްކާތެރި ހަނގުރާމައިގެ މައިދާނުން ސަލާމަތްކޮށް ކާމިޔާބުކަމާއިއެކީ މިސްރަށް ފޮނުވާފައެވެ.