Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢަލީ ޒާހިރު

އަލީ ޒާހިރު އޭނާއަށް ޝައިޚު ނުކިޔަން އެދިވަޑައިގެންފި

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ޝެއިޚުގެ ލަޤަބުން މުޚާޠަބުނުކުރުމަށް އޭނާ އެދިވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ގޮތުގައި ރަސްމީ ލިޔެކިޔުންތަކާއި ސިޓީތަކުގައި އަލީ ޒާހިރަށް ނިސްބަތްކޮށް ޝައިޚުގެ ލަޤަބު ބޭނުންނުކުރަން އޭނާ އޮންނަނީ އަންގަވާފައެވެ. ޝައިޚުގެ ބަދަލުގައި އޭނާ އެދިވަޑައިގެންފައިވަނީ ނަމުގެ ކުރިއަށް އަލްއުސްތާޛު ބޭނުންކުރުމަށެވެ. އަލްއުސްތާޛަކީ އާންމުކޮށް ޤާނޫނީ ވަކީލުންގެ ނަމުގެ ކުރިއަށް އިތުރުކުރާ ލަޤަބެކެވެެ.

މަދީނާ އިސްލާމިކް ޔުނިވާސިޓީން ތައުލީމު ހާސިލުކުރެއްވި އަލީ ޒާހިރަކީ ކުރިން އަދާލަތުގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދީނީ އިލްމުވެރިއެއްގެ ގޮތުގައި މީހުންގެ މެދުގައި މަޝްހޫރުވި ބޭފުޅެކެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އަލީ ޒާހިރުވަނީ ދީނީ ޢިލްމުވެރިއެއްގެ ހައިސިއްޔަތާ ދުރުވެވަޑައިގަތުމަށް މަސައްކަތް ފައްޓަވާފައެވެ.

"މިހާރު އަލީ ޒާހިރު ބޭނުމެއް ނުވޭ ދީނީ އިލްމުވެރިއެއްގެ ގޮތުގައި ފެންނާކަށް. އޭނާ ބޭނުންފުޅުވަނީ ޤާނޫނީ ވަކީލެއްގެ ގޮތުގައި އެނގެން.،" ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އާ ވާހަކަދެއްކެވި ދީނީ އިލްމުވެރިއަކު ވިދާޅުވިއެވެ.

ޢަލީ ޒާހިރަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެންމެ އިތުބާރުކުރައްވާ އެއް ބޭފުޅާކަމަށް މައުލޫމާތު ލިބެއެވެ. އަދި ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވައި ޝަރުޢީ ދާއިރާއިން ސަރުކާރުން ބޭނުންވާ ކަންކަން ހަމަޖެއްސުމުގައި އެންމެ އިސްދައުރެއް އަދާކުރައްވަނީ އަލީ ޒާހިރުކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން ކޯޓުތަކުގެ ފަނޑިޔާރުކަން ބޭފުޅުންނަށް ހަމަޖެއްސުމުގައި އަލީ ޒާހިރުގެ ނުފޫޒު ވަރަށް ބޮޑަށް އޮންނަކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ވެރިއެއް މައުލޫމާތު ދެއްވިއެވެ. "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިމިނަލް ކޯޓުން ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ޑިސެންބަރު 25 ވަނަ ދުވަހު އިއްވި ހުކުމް އިއްވުމުގައިވެސް އޭނާގެ ނުފޫޒު އޮތެވެ.

މި ލިއުމާއި ގުޅޭ