Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރެއް އިސްތިއުފާ ހުށަހަޅާފައިވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަރު މިއަދު ހުޅުވާލައިފިއެވެ.

ދިވެލި ސަރުކާރުގެ ގެޒެޓުގައި މިއަދު އާންމުކުރި އިއުލާނުގައި މި މަގާމަށް ހުށަހެޅުމަށް އެކަށީގެންވާ މީހުންގެ ޝަރުތުތަކުގެ ތަފްސީލުގައިވާ ގޮތުން، ކުރިމަތިލާ ފަރާތަކީ މުސްލިމަކު ކަމުގައިވުން، ދިވެހި ރައްޔިތެއް ކަމުގައިވުން، އަދި އުމުރުން 18 އަހަރު ފުރިފައިވުން ލާޒިމެވެ.
އަދި އިތުރަށް ކުށުގެ ރިކޯޑުގައި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން މިދިޔަ 5 އަހަރު ތެރޭގައި ޝަރީއަތަށް ސާބުތުވެފައިނުވުން ހިމެނެއެވެ.
މި މަގާމަށް ކުރިމަތިލެވޭ ފަރުދުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އައްޔަންކުރެވޭ މަގާމެއްގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ސިވިލް ސާވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކުރާ ފަރުދަކަށް ނުވުމަކީވެސް ޝަރުތެކެވެ.
އެންމެ ފަހު ޝަރުތަކަށް އިއުލާނުގައިވަނީ، ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކަށް ނުވުމެވެ.
މި ޝަރުތުތަށް ފުރިހަމަވާ، މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ މީހުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަކީ، މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭފޯމް، ކުރިމަތިލުމަށް އެދޭ މީހާގެ އިގްރާރު، ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ފޯމް، އަދި ކުރިމަތިލާ ފަރާތުގެ ވަނަވަރެވެ. ހުށަހަޅަން ޝަރުތުކޮށްފައިވާ ފޯމުތަކާއި އިގްރާރު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.
ފުރިހަމަކޮށްފައިވާ ފޯމުތަކާއި، އިގުރާރު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން އިއުލާންކޮށްފައިވަނީ 22 ޖަނަވަރީގެ 0930ގައިއެވެ. އަދި އެ ފުރުސަތު ނިމޭނީ 23 ޖަނަވަރީގެ 1230ގައިއެވެ. މި ދެ ދުވަހުގެ ހެނދުނު 0930އިން މެންދުރު 1230އާއި ދެމެދު ކޮންމެ ގަޑިއެއްގައިވެސް، ކުރިމަތިލާ ފަރާތްތަކުގެ ފޯމްތަކާއި އިގްރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލައިގަންނާނެއެވެ.
މި ލިއުމާއި ގުޅޭ