Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލިފާނުގެ ޙާދިސާ

އިވްނިން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ

މާފަންނުގައި ހުންނަ އިވްނިން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ޤައުމީ ދިފާއީ ބާރުގެ މީޑިއާ އޮފިޝަލެއް ވިދާޅުވެފައިވަނީ މާފަންނު އިވްނިން ކެފޭގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ އިރުއޮއްސި 18:12 ހާއިރު ކަމަށެވެ.

އިތުރަށް ވިދާޅުވީ އަލިފާން ރޯވުމާ ގުޅިގެން އެ ސަރަހައްދުގައި މިހާރު އެމްއެންޑީއެފުގެ އަލިފާން ނިއްވާ އޮފިސަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި އެ ހާދިސާ ހިނގައިގެން އުޅެނީ އިވްނިން ކެފޭގެ ބަދިގެ ތެރޭގައިކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ސަރަހައްދުގައި މިވަގުތު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި އަދި މިހާތަނަށް ކެފޭގެ ބޭރަށް އަލިފާނެއް ނުފެނެއެވެ. ނަމަވެސް ކެފޭ ތެރެއިން ދުން އަރަމުންދާތަން ފެންނަކަމަށް އޭނާ ބުންޏެވެ.

އޯކިޑު މަގުގައި ހުންނަ އިވްނިން ކެފޭއަކީ އިންޑިއާ ކެއުންތައް ހެޔޮ އަގެއްގައި ލިބޭ މަޤުބޫލު ރެސްޓޯރެންޓެކެވެ.

މި ލިއުމާއި ގުޅޭ