Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާސާރުތައް

ހެރިޓޭޖް މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންނަށް ދޭން ޖެހޭ އެލަވަންސެއް ނުދޭ މައްސަލައެއް!

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސިވިލް ސާވިސް މުވައްޒަފުންނަށް ދޭން ޖެހޭ އެލަވަންސްއެއް ނުދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފިނޭންސް އެލަވަންސް ނުވަތަ ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އެ މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރައިގެ 35 ޕަސެންޓް ދޭން ޖެހެއެވެ.

'ނައިބުތުއްތު' ނަމަކަށް ކިޔާ ޓްވީޓާ އެކައުންޓަކުން ބުނެފައިވަނީ ހެރިޓޭޖް މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންނަށް އެ އެލަވަންސް ނުލިބިގެން ކަމާ ބެހޭ އިދާރާތުގައި އެތަކެއް ފަހަރަކު އެދިގެންވެސް އެ އެލަވެންސް ދީފައި ނުވާކަމަށާއި އެ މިނިސްޓްރީން މުވައްޒަފުންގެ މެދުގައި ބޮޑެތި ތަފާތުކުރުންތައް ގެންގުޅޭކަމަށެވެ.

އަދި ބޮޑު މުސާރަދީފައި ސިޔާސީ މަގާމުތައް އުފައްދާކަމަށާއި އެއީ ހަމައެކަނި ނަމަކަށް ތިބޭ ބައެއްކަމަށްވާއިރު ހުރިހާ މަސައްކަތެއް ކުރަނީ ސިވިލް ސާވިސް މުވައްޒަފުންކަމަށްވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން "ދިޔަރެސް" އިން ސުވާލުކުރުމުން ހެރިޓޭޖް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެލަވަންސް މުވައްޒަފުންނަށް ހޯދައިދިނުމަށް ފިނޭންސް މިނިސްޓްރީ އާއި ރައީސް އޮފީހާ އެކީގައިވެސް ވަރަށް ބައިވަރު މަޝްވަރާތައް އެ މިނިސްޓްރީން ކޮށްފައިވާނެކަމަށާއި އެކަން ކޮށްދިނުމަށް މިނިސްޓަރުވެސް އަދި ސްޓޭޓް މިނިސްޓަރާއި މިނިސްޓްރީގެ އިސް ބޭފުޅުންވެސް ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ މިއީ ސިވިސް ސާވިސްގެ މުސާރައާ ގުޅޭ ކަމެއްވީމައި މިކަމުގެ ރަސްމީ ޖަވާބެއް ދެވޭނީ ފިނޭންސް މިނިސްޓްރީން ނުވަތަ ޕޭކޮމިޝަނުންކަމަށެވެ.

އަދި މުވައްޒަފުންނަށް މުސާރައިގެ ސްޕެޝަލް ޑިއުޓީ އެލޮވެންސް ހޯދައި ދިނުމަށް އެ މިނިސްޓްރީން ވަރަށް މަސައްކަތް ކުރިކަމަށާއި މުވައްޒަފުންނަށް ލިބެން ޖެހޭ ހައްގުތައް ހޯދައިދިނުމަށް އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނެކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންނަށް ދޭން ޖެހޭ އެލަވެންސެއް ނުދޭ މައްސަލަ ފެންމަތިވެފައިވާއިރު ހަމަ އެކަނި އެ މިނިސްޓްރީންވެސް 25 ސިޔާސީ މަގާމު އުފައްދާފައިވެއެވެ. ސިޔާސީ މަގާމުތަކަށް މުސާރަ ދިނުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް އެތައް މިލިއަނެއް ޚަރަދުކުރާއިރު މި ސަރުކާރު އައި ފަހުން 1000 އަށް ވުރެ ގިނަ ސިޔާސީ މަގާމު އުފައްދާފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ