Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

އިންޑިއާ އައުޓް ގަރާރު ބާތިލުކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށަށް ގޮވައިލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ރިޔާސީ ގަރާރު ބާތިލުކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މާދަމާއަށް ތާވަލްކޮށްފައި އޮތް އަޑުއެހުން ކެންސަލްކޮށްފި އެވެ.

ހިޔާލު ފާޅުކުރުމުގެ ހައްގާއި، އެއްވެ އުޅުމުގެ އަސާސީ ހައްގު ހަނިވާ ގޮތަށް ރައީސް ސޯލިހް ނެރުއްވި ރިޔާސީ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމުގައި ކަނޑައަޅައި ދިނުން އެދި ހައިކޯޓަށް މައްސަލަ ހުށަހެޅީ "ދިޔަރެސް" ނޫހުގެ މުއައްސިސުންކަމުގައިވާ އަހްމަދު އަޒާން މަރުޒޫގާއި އަހްމަދު އިބްރާހީމް އަދި ޝިފްޒާން އަހްމަދެވެ.

ހައިކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލްކޮށްފައި އޮތީ މާދަމާގެ 1:45 އަށެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްކުރި ސަބަބެއް ކޯޓުން ހާމައެއް ނުކުރެ އެވެ.

އިންޑިއާ އައުޓް ހުއްޓުވަން ރައީސް ސޯލިހް ގަރާރެއް ނެރުއްވީ މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު އެވެ. އެ ގަރާރުގައި ބުނެފައިވަނީ އެ ހަރަކާތަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގައި އުޅޭ ބިދޭސީންނާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ގެއްލުންވެދާނެ ކަމަށެވެ.

އިންޑިއާ އައުޓް ގަރާރު ބާތިލުކުރަން ހުށަހެޅި މައްސަލައިގެ މާދަމާގެ އަޑުއެހުން ސުޕްރީމް ކޯޓުން ކެންސަލްކުރި އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުން ކުރާ ހަރަދުގެ ތަފުސީލު ހާމަނުކުރި މައްސަލައިގެ މިއަދުގެ އަޑުއެހުންވެސް ހައިކޯޓުން ވަނީ ކެންސަލްކޮށްފަ އެވެ.

އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލަ ހައިކޯޓަށް ހުށަހެޅީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. ޑިސެމްބަރު 8، 2020 ގައި ހައިކޯޓުން މައްސަލަ ބަލައިގަނެ އެ އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހަށް މައްސަލައިގެ ފުރަތަމަ އަޑު އެހުން ތާވަލުކުރި އެވެ. އެކަމަކު މީގެ ކުރިންވެސް އެތައް ފަހަރަކު ހައިކޯޓުން ވަނީ އެ މައްސަލައިގެ ޝަރީއަތްތައް ކެންސަލްކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ