Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމްދީން

ކުރީގެ ޔޫއެފްސީ ތެޅުންތެރިޔާ ކެވިން ލީ އިސްލާމްވެއްޖެ

ކުރީގެ ޔޫއެފްސީ ގެ ތެޅުންތެރިޔެއް ކަމަށްވާ ކެވިން ލީ އިސްލާމްވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ކެވިން ލީ އިސްލާމްދީން ގަބޫލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ. އެހެން ނަމަވެސް އޭނާ އެކަން އާންމުކޮށް އިއުލާންކޮށްފައިވަނީ 10 ޖެނުއަރީ 2023 ގައެވެ.

އިއްޔެ ކުރި ޓުވީޓެއްގައި ކެވިން ވަނީ އޭނާ އިސްލާމްދީން ގަބޫލުކުރިކަން އިއުލާން ކުރުމުން ވަރަށް ގިނަ މީހުން ހިތްވަރުދީ މެސެޖު ކުރިކަމަށެވެ. އަދި ހެޔޮ މަގުގައި ހުރެވޭތީ އުފާ ކުރާކަމަށެވެ.

ކެވިންގެ މިހާރުގެ ޓީމަކީ ރަޝިޔާގެ މަޝްހޫރު ތެޅުންތެރިޔާ ޚަބިބް ނުރްމަގޮމެޑޮވްގެ އީގަލް އެފްސީއަށެވެ. އެ ޓީމުގައި ގިނަ އަދަދަކަށް މުސްލިމް ތެޅުންތެރިން ތިބެއެވެ.

ކެވިންގެ ޕްރޮފެޝަނަލް ކެރިއަރުގައި މިހާތަނަށް 26 މެޗު ކުޅެފައިވާއިރު އޭނާ 19 މެޗުން މޮޅުވެފައިވެއެވެ. އަދި 7 މެޗުން ބަލިވެފައިވެއެވެ.

މި ލިއުމާއި ގުޅޭ