Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ އައުޓް

"އިންޑިއާ އައުޓް" ސްޕްރޭކުރި މީހަކު ޖަލަށްލުމަށް ހުކުމްކޮށްފި

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެގެން ތިބޭ ތިބުމާއި ދެކޮޅުހަދައި އިހުތިޖާޖުކުރުމުގެ ގޮތުން ރަށެއްގެ ބޭނުން ނުކޮށް ހުރި އިމާރާތެއްގެ ފާރަށް "އިންޑިއާ އައުޓް" ސްޕްރޭކުރި މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ށ.ފޭދޫގައި ޕްރީސްކޫލެއް ހެދުމަށް ކަމަށްބުނެ ބޭނުން ނުކޮށް ހުރި އިމާރާތެއްގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ސްޕްރޭ ކުރީ އެރަށުގެ ޒުވާނެއް ކަމަށްވާ މުހައްމަދު ސަމާހެވެ. މި މައްސަލާގައި މިއަދު އެރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ ސަމާހު 4 މަހާ 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

މީގެ ކުރިން ރައީސް ނަޝީދުގެ ގެކޮޅު ގ.ކެނެރީގޭގައި އިންޑިއާ އައުޓް ސްޕްރޭކުރި މީހަކު 1 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

"އިންޑިއާ އައުޓް" ސްޕްރޭކޮށްގެން އިތުރު ޒުވާނަކު ޖަލަށްލާފައިވާ އިރު ރައީސް ސޯލިހުވަނީ އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވުމަށް ގަރާރެއް ނެރެ އެކަން މަނާކޮށްފައެވެ. އެހެން ނަމަވެސް ގަރާރަކުން ކަންކަން މަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ނޫނެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް އިންޑިއާ ސިފައިން މިހާރު ތިބި އިރު އެކަމާއި ދެކޮޅަށް ވާހަކަ ދެއްކުން ސަރުކާރުން މަނާ ކުރި ނަމަވެސް ސޯޝަލް މީޑިއާގައި އަދިވެސް ގިނަ އަދަދެއްގެ ރައްޔިތުން އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ޝުއޫރުފާޅުކުރެއެވެ.

މި ލިއުމާއި ގުޅޭ