Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހަމާނުކުރި މައްސަލައިގެ އަޑުއެހުން އަނެއްކާވެސް ކެންސަލް!

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުން ކުރާ ޚަރަދުގެ ތަފުސީލު ހާމަނުކުރި މައްސަލައިގެ އަޑުއެހުން އަނެއްކާވެސް ކެންސަލްކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުން ކުރާ ހަރަދުގެ ތަފުސީލު ހޯދަން "ދިޔަރެސް" ނޫހުން އެދުމުން ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ހާމަކުރަން ދެކޮޅުހެދިއެވެ.

އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން، މިނިސްޓްރީގެ ނިންމުން ރަނގަޅު ކަމަށް އެ ކޮމިޝަނުން ނިންމިއެވެ. އެހެން ކަމުން އެ މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމި ނިންމުން ދިޔަރެސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލައިގެ އަޑުއެހުމެއ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހަށްވެސް ތާވަލްކުރިއެވެ. ނަމަވެސް ފަހުން އެ އަޑުއެހުން ކެންސަލް ކުރީއެވެ.

އެދުވަހު އެ އަޑުއެހުން ކެންސަލްކުރީ ހައިކޯޓުން ބުނި ގޮތުގައި ޝަރީއަތް ލައިވް ނުކުރެވޭތީއެވެ. އަޑުއެހުންތައް ލައިވްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވަނީ "ދިޔަރެސް"އިން އެދިގެންނެވެ. އޭގެ ފަހުން އެ މައްސަލައިގައި ހައި ކޯޓުގައި އަޑުއެހުމެއް މި މަހުގެ 11 ވަނަ ދުވަހު، މާދަމާ ބާއްވަން ތާވަލްކުރިއެވެ. ނަމަވެސް އަނެއްކާވެސް މިވަނީ އެ އަޑުއެހުންވެސް ކެންސަލްކޮށްފައެވެ.

އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލަ ހައިކޯޓަށް ހުށަހެޅީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ޑިސެމްބަރު 8، 2020 ގައި ހައިކޯޓުން މައްސަލަ ބަލައިގަނެ އެ އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހަށް މައްސަލައިގެ ފުރަތަމަ އަޑު އެހުން ތާވަލުކުރިއެވެ. އެކަމަކު މީގެ ކުރިންވެސް އެތައް ފަހަރަކު ހައިކޯޓުން ވަނީ އެ މައްސަލައިގެ ޝަރީއަތްތައް ކެންސަލްކޮށްފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތު ގިނަ އަދަދަކަށް އިންޑިއާ ސިފައިން ތިބިއިރު އެ ސިފައިންގެ އަދަދު މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އިސް ނަންގަވައިގެން "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތެއް ފެއްޓެވުމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވައި އެކަން ހުއްޓުވާފައެވެ.
މި ލިއުމާއި ގުޅޭ