Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޕެރޫގައި ސަރުކާރާއި ދެކޮޅަށްކުރި މުޒާހަރާގައި 17 މީހުން މަރުވެއްޖެ

ޕެރޫގެ ކުރީގެ ރައީސް ޕެޑްރޯ ކަސްޓިޔޯ މިނިވަންކުރުމަށް އަދި އެ ގައުމުގެ ރިޔާސީ އިންތިހާބު އަވަސްކުރުމަށް ގޮވާލައި ހިންގި މުޒާހަރާގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން 17 މީހުން މަރުވެއްޖެއެވެ.
ޑިސެމްބަރުމަހުގައި ކުރީގެ ރައީސް ޕެޑްރޯ ކަސްޓީއޯ ހައްޔަރުކޮށް މަގާމުން ވަކިކުރުމާއި ގުޅިގެން ފެށުނު ހަމަނުޖެހުންތަކާއި މުޒާހަރަތަކުގެ ތެރެއިން އަދާހަމައަށް އެންމެ ގިނަ މީހުން މަރުވި ހަމަނުޖެހުމުގެ ބައިވެރިން ވަނީ، ދެކުނު ޕެރޫގެ ޖޫލިއާކާ ސިޓީގެ އެއާޕޯޓް ހިސާރު ކުރުމަށް މަސައްކަތް ކޮށްފައެވެ. މަރުވި މީހުންގެ ތެރޭގައި ދެ ފުރާވަރުގެ ކުދިން ހިމެނޭކަމަށް، ޕެރޫގެ އިންސާނީ ހައްގުތަކުގެ އޮފީހުން ބުނެފައިވެއެވެ.
މުޅި ގައުމުގެ 13 އިންސައްތަ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފައިވާއިރު، މީގެން ގިނަ ތަންތަނަކީ ޕެރޫގެ އެންމެ ފަގީރު އާބާދީ ދިރިއުޅޭ ހިސާބުތަކެވެ. އެއްފަހަރާ ގައުމުގެ ގިނަ ހިސާބުތަކެއްގައި މުޒާހަރާހިންގުމުގެ ސަބަބުން މަގުތަށް ތޮށްޖެހި، ކޮންމެ ދުވަހަކު މާރުކޭޓުތަކަށް ފޯރުކުރާ ސާމާނުތައް އުފުލާ ޑެލިވަރީ އުޅަނދުތަކުގެ މަސައްކަތް މެދުކެނޑިފައިވެއެވެ.
ރިއުޓާސް ނިއުސް އޭޖެންސީގެ ހެކިވެރިއެއްވަނީ މި ނުރައްތެރިހާލަތުގެ ވީޑިއޯއެއް ނަގާފައެވެ. ޖުލިއާކާގައި އޮންނަ ޓިޓީކާކާ ކޯރުގެ ކައިރީގައި ފުލުހުން ބަޑި ޖަހާތަނާއި، ދުން ބޯވެފައިވާ މަގެއްގައި މުޒާހަރައިގެ ބައިވެރިން ހިމާޔަތްވެގެންތިބެ ފުލުހުންގަޔަށް ގަލުން ހަމަލާދޭތަނުގެ މަންޒަރުތައް އެ ވީޑިއޯއިން ދައްކައިދެއެވެ.
އެހެން ވީޑިއޯއަކުން ދައްކައިދެނީ ވެއްޓިފައި އޮތް މީހަކަށް ސީޕީއާރުދޭ މަންޒަރެވެ. އޭނާގެ ހެދުން ހުރީ ލެއިން ތަތްތެޅިފައިކަމަށް ވީޑީއޯއިން ފެނިގެންދެއެވެ.

ހެލްތު މިނިސްޓުރީގެ އޮފިޝަލެއް ކަމަށްވާ ހެންރީ ރަބާޒާ ބުނާގޮތުން، 68ވަރަކަށް މީހުންވަނީ ޒަހަމްތަކާއި އެކު ހޮސްޕިޓަލަށް ގެންގޮސްފައެވެ. ގެންދިޔަ ބައެއް މީހުންގެ ގައަށް ވަޒަން އަރައި ޒަހަމްވެފައިވާކަމަށް، ޕޫނޯގެ ރީޖަނަލް ހެލްތު ޑައިރެކްޓަރު އިސްމާއިލް ކޮރްނޭހޯ، އާރުޕީޕީ ރޭޑިޔޯއަށް މައުލޫމާތު ދެމުން ބުންޏެވެ.

ޑިސެމްބަރުމަހުގައި ހައްޔަރުކުރި ކުރީގެ ރައީސް ޕެޑުރޯގެ މައްޗަށް ކުރެވުނީ، ގައުމުގެ ގާނޫނު ހަދާބާރު ނައްތާލަން މަސައްކަތްކޮށް، އޭނާގެ ދައުރު ދެމެހެއްޓުމަށްޓަކާ ބަޣާވާތް ކުރިކަމުގެ ދައުވާއެވެ. ރައީސް ޕެޑްރޯ މިހާރު އިންނެވީ ބަޣާވާތް ހިންގުމުގެ ދައުވާގައި ހުކުން އިއްވާ ކޯޓު މަރުހަލާތަކުގެ ކުރިން 18 މަހުގެ ބަންދެއްގައެވެ. ރައީސް ޕެޑުރޯވަނީ މި ދައުވާތައް އިންކާރުކޮށްފައެވެ.
ރައީސް ޕެޑުރޯގެ ރަނިންގެ މޭޓް، ޑީނާ ބޮލުއާރުޓޭވަނީ، މުޒާހަރާގައި، 2026ގައި ބާއްވަން ހަމަޖެހިފައިވާ އެގައުމުގެ ރިޔާސީ އިންތިހާބު 2024އަށް އަވަސް ކުރުމަށް ގޮވާލި ގޮވާލުމަށް ތާއީދުދެއްވާފައެވެ. އަދި މުޒާހަރާތަކުގައި ފުލުހުން ބޭނުންކޮށްފާވައި ނުރައްކާތެރި އުސޫލްތަކަކީ މަޖުބޫރުވެގެން ބޭނުންކޮށްފައިވާ އުސޫލްތަކެއްކަމަށް ބެލުމަށް ޖިނާއީ ތަހުގީގެއް ފަށަން ޑީނާވަނީ އެއްބާރުލުންދެއްވާފައެވެ.
މި ލިއުމާއި ގުޅޭ