Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުޙައްމަދު ނިމާލް

ނިމާލް އާމެދު ހިތްހަމަނުޖެހިގެން އެލްޖީއޭގެ ގްރޫޕުން އިމްރާން ނިކުމެއްޖެ

ކ.އަތޮޅު ކައުންސިލްގެ ރައީސް އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލު އާމެދު ހިތްހަމަނުޖެހިގެން ލޯކަލް ގަވަރްމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ގްރޫޕުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނިކުންނަވައިފިއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދެއްވަމުން ނިމާލް ވިދާޅުވީ އެގުރޫޕުން އިމްރާން ނިކުންނެވީ ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތަކާ ދެކޮޅަށް ލޯކަލް ކައުންސިލްތަކުން ބަޔާން ނެރުމަކީ ގާނޫނީ ބާރު މުގުރާލުން ކަމަށް ބުނެ އެކަން ނުކުރުމަށް އެލްޖީއޭ އިން ކައުންސިލްތަކަށް އެންގުމާއި ގުޅިގެން އެކަމުގައި އެބޭފުޅާ ދެކޭގޮތް ހާމަ ކުރެއްވުމާއި ގުޅިގެން ކަމަށެވެ.

ނިމާލް އެގުރޫޕުގައި ވިދާޅުވެފައިވަނީ ހަރާން ހުކުމް ކުރުމުން އެވާހަކަ ދައްކާނެ ކަމަށާއި، ރަނގަޅު ކަމެއް ކުރުމުން އެވާހަކަ ވެސް ދައްކާނެ ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ މިނިވަން ކަމެއް ކަމަށެވެ.

ކައުންސިލްތަކަށް ކައުންސިލް މެމްބަރުން އިންތިޚާބު ވެފަ ތިބެނީ އެ ދާއިރާ ނުވަތަ އެ ރަށެއްގެ ރައްޔިތުންގެ ސިޔާސީ ފިކުރަށް އަޣްލަބިއްޔަތު ލިބިގެން ކަމަށާއި، ކައުންސިލް މެމްބަރުންނަށް ބަސްބުނުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށް ނިމާލް ވިދާޅުވެފައިވެއެވެ.

"ޚުދުމުޚްތާރު ސިފައެއް ބިރުގަންނަވައިގެން، އޮބަހައްޓައިގެން ކަންކަން ކުރަން ސިޓީ ފޮނޮވުމަކީ" ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ ރައީސް ޔާމީން އަށް ކުރި ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަން އެންމެންނަށް ވެސް އެނގޭ ކަމަށާއި އެއީ ހަރާމް ބާތިލް ހުކުމެއް ކަމަށެވެ.

މީގެއިތުރުން އެ މެސެޖްގައި ނިމާލް ވިދާޅުވެފައިވަނީ "އަބަދު އަޅުގަނޑުމެން އެންމެން ބަގުޑި ބެއްދިޔަސް މަގާމުތަކުގައި ނުތިބެވޭކަން މާޒީގަ ވަނީ ފެނިފަ. އެދުވަސް ވެސް މިހާރު ތިބި މީހުންނަށް ވެސް އަންނާނެ" ކަމަށެވެ.

ނިމާލް ވިދާޅުވީ އެލްޖީއޭއިން ނެރުނު ސިޓީ އެބޭފުޅާގެ އިހްތިރާމެއް ނެތީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ތައްމިނަށް ހަނިކުރާތީ ކަމަށެވެ. އަދި ރައްޔިތުން އިންތިޚާބު ކޮށްފައި ތިބި ބަޔަކަށް އެލްޖީއޭ ބޯޑުގަ ތިބި ނުވަ މީހުން ވެގެން ހަރުކަށި އަދަބު ދީގެން ކަންކަން ކުރަން ނުވިސްނުމަށާއި އެއީ ދާއިރާތަކުގެ ސިޔާސީ ވިސްނުންކަމަށް ނިމާލް ވަނީ ވިދާޅުވެފައެވެ.

ނިމާލް ވަނީ އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފަށް ވެސް ރައްދު ދެއްވައިފައެވެ. އެގޮތުން ނިމާލް ވިދާޅުވީ އެލްޖީއޭގެ ބޯޑުގަ މި ފަދަ ނިންމުމެއްގެ ވާހަކަ އަހާވެސް ނުލައި ބޯޑުގެ ރައީސް އަށް މިވަރުގެ ސިޓީއެއް އާންމު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެއީ ބޯޑުގެ ރައީސްގެ ޒިންމާތައް އިންތިހާއަށް ވަކި ކުރެވިފައި ހުންނާނެ ކަމަށެވެ.

ނިމާލް ވިދާޅުވީ އަފްޝަން އަކީ އެލްޖީއޭގެ ސީއީއޯ ކަމަށާއި ނަމަވެސް ބޯޑުގެ މެންބަރުންގެ ގާތުން އަހާވެސް ނުލައި، ބޯޑުން ފާސްކުރި އެއްޗެއްގެ ގޮތުގައި ދައްކައިގެން ނެރުނު މި ބަޔާނަކީ ބޯޑުން ނިންމި ނިންމުމެއް ކަމެއް އެނގި ނުލައްވާ ކަމަށް ނިމާލް ވިދާޅުވިއެވެ. އެގޮތުން އެލްޖީއޭގެ ސީއީއޯ ވަނީ ބޯޑުގެ ބާރު ކަނޑުވާލާފައިކަމަށް ނިމާލް ވިދާޅުވިއެވެ.

"ދުވަހަކުވެސް ބޯޑުގެ ރައީސް ސޮއި ނުކުރައްވާ، މި ފަހަރު ސޮއި ކުރެއްވުން އަޅުގަނޑަށް މާނަ ކުރެވެނީ ރައީސް ވެސް ތުރުތުރު އަޅަން ފެށީމަ ގޮށްމުށުގެ ބާރު އިޚްތިޔާރު ކުރީއޭ" ނިމާލް އެގްރޫޕުގައި ލިޔުއްވި މެސެޖްގައި ވިދާޅުވެފައިވެއެވެ.

ނިމާލްގެ ޚިޔާލު އޭނާ ފާޅުކުރުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެގްރޫޕުން ނިކުމެވަޑައިގެންފައެވެ. ނިމާލް ވިދާޅުވީ ގްރޫޕްގެ ރައީސް، ގްރޫޕުން ނިކުމެވަޑައިގަތުމަކީ ލަދުވެތި ކަމެއް ކަމަށާއި، އެބޭފުޅާ ނިކުމެޑައިގަތް ސަބަބެއް ކަމުގައި ގަބޫލު ކުރެވެނީ ރައީސް ޔާމީން އަށް ކުރީ ހަރާމް ހުކުމެއް ކަން އަމިއްލަ އަށް ވެސް ގަބޫލު ކުރެވިގެން ކަމަށެވެ.

މި ލިއުމާއި ގުޅޭ