Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ފަލަސްތީނުގެ ދިދަ ފާޅުކޮށް ހުރިއްޔާ އެތަކެތި ނަގަން އިސްރާއީލުގެ ފުލުހުންނަށް އަމުރުކޮށްފި

އިސްރާއީލު އައު ސަރުކާރުގެ ކަނާތު ފިޔައިގެ ހައްދުފަހަނައެޅި، ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމަރު ބެން-ގްވިރު، އާންމު ތަންތަނުގައި ނަގާފައިވާ ފަލަސްތީނުގެ ދިދަތައް ނަގަން ފުލުހުންނަށް އަމުރުކޮށްފިއެވެ.

ފަލަސްތީނު ދިދައިގެ ނިޝާން އެއްވެސް ގޮތަކަށް ފާޅުކޮށްފިއްޔާ އެކަން ދެކެވޭނީ ޓެރަރިސަމްގެ އަމަލެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ދިދަ ތަކަކީ އިޖުތަމާއީ ސުލްހަމަސަލަސްކަން ގެއްލުވާލައި ތަކެތި ކަމަށް ގަބޫލްކުރެވޭނަމަ، އެ ތަކެތި އެތަނުން ނެގުމުގެ ފުރިހަމަ ހައްގު ސިފައިންނަށާއި ފުލުހުންނަށް މިނިސްޓަރ ދީފައިވެއެވެ.

މިހެން ފުލުހުންނަށާއި ސިފައިންނަށް އަމުރުކުރުމުން ބެލެވެނީ، ފަލަސްތީނު ރައްޔިތުންގެ ހިޔާލު ފާޅުކޮށް އުޅުމާއި އަދި އަމިއްލަވަންތަކަމުގެ އެއްވެސް ޝުއޫރެއް ފާޅުކުރުމާއި މިނިވަންކަމާއި ދެކޮޅަށް އިސްރާއީލުގެ އައު ސަރުކާރުން އަޅާނެ ހަރުކަށި ފިޔަވަޅުތަކުގެ ފެށުމުގެ އިޝާރާތެއް ގޮތުގައެވެ.

ފަލަސްތީނުގެ ދިދަ ފާޅުކުރުމާއި ދެކޮޅުހަދަމުން، އިސްރާއީލުގެ ކަމާ ބެހޭފަރާތްތަކުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެންމެ ފަހުން ނެރުނު އަމުރު ނެރުނީ ތެލްއަވީވްގައި މިދިޔަ ހޮނިހިރު ދުވަހުގައި، އައު ސަރުކާރާއި ދެކޮޅަށް ހިންގި ބޮޑު އިހްތިޖާޖުގެ ބައިވެރިން ފަލަސްތީނުގެ ދިދަ ވިހުރުމާއި ގުޅިގެންނެވެ. އެ އިހްތިޖާޖުގެ ބައިވެރިންވަނީ ނެޓަންޔާހޫއަކީ "ފޭޝިސްޓެއް" ކަމަށް ގޮވާ، ފަލަސްތީނާއި އިސްރާއީލްގެ ރައްޔިތުންނާއި ދެމެދު ސުލްހަމަސަލަސްކަމާއި ހަމަހަމަކަން ގާއިމް ކުރުމަށް ގޮވާލާފައެވެ. މި އިހްތިޖާޖުގައި އިސްރާއިލް ސަރުކާރު ޕާލިމެންޓްގެ ލެފްޓް-ވިންގް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

އިސްރާއިލުގައި އަދި ނުހައްގުން އިސްރާއީލުން ހިސާރު ކޮށްފައިވާ ހިސާބުތަކުގައި އުޅޭ ވަރަށް ގިނަ ފަލަސްތީނު މީހުން ތިބީ އިސްރާއީލުގެ އައު ސަރުކާރުގެ އުސޫލްތަކާއި ގަވައިދުތަކާއި މެދު ބިރުގަނެފައެވެ. އެއީ، މި ގަވައިދުތަކާއި އުސޫލްތައް ހަދައިފާވަނީ ސަރުކާރުގައި ފަލަސްތީނު މީހުންނާ ދެކޮޅަށް ހަރުކަށި ފިކުރު ގެންގުޅޭ މީހުންނާއި، ނަސްލީ ތަފާތުކުރުމަށް ބާރުދޭ މިނިސްޓަރ އިތާމަރު ނުފޫޒް އޮވެގެން ކަމަށް ވުމުންނެވެ.

މިފަހުންވެސް އިސްރާއީލުވަނީ ފަލަސްތީނުގެ ހާރިޒީ ވަޒީރު، ރިއާދު އަލް-މަލްކީގެ ފުރުމުގެ ހުއްދަ ހިފަހަށްޓާފައެވެ. އަދި ފަލަސްތީނުގެ ސަރުކާރަށް ލިބެން އޮތް 39 މިލިއަން ޑޮލަރުގެ އާމްދަނީ ނުދީ ހިފަހައްޓާފައިވެއެވެ. މި ދެކަމަކީ، ބައިނަލްއަގްވާމީ ގާނޫނު މަނާކުރާ އަމަލެއްކަމުގައިވާ، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ނުހައްގުން ވެރިވެގަތުމައި ބެހޭ ގަތުން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ލަފައަކަށް އަހަން އދ.ގެ އާންމު މަޖިލީހުން ނިންމުމާ ގުޅިގެން އަދަބެއްގެ ގޮތުގައި އެޅި ފިޔަވަޅުތަކެވެ.

މި ލިއުމާއި ގުޅޭ