Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާރިޔާ ދީދީ

މާރިޔާ ވިދަޅުވީ އިންތިހާބާއި ދިމާކޮށް ތަންތަނުގައި ހުޅުޖަހާކަމަށް!

ފަހަކަށް އައިސް ހިނގަމުންދާ އަލިފާނުގެ ހާދިސާތަކަކީ ރިޔާސީ އިންތިހާބާ ދިމާކޮށް ބަޔަކު ގަސްތުގައި ކުރާކަމެއްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ނީލަން ފިހާރައިގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގައި ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އިންތިޚާބުތަކާއި ދިމާކޮށް ނީލަން ފިހާރަ ރޯކޮށްލުމަކީ މީގެކުރިންވެސް ހިނގާފައިވާކަމެއް ކަމަށާއި މީވެސް އެފަދަ ކަމަކަށް ވެދާނެކަމަށެވެ.

ނީލަން ފިހާރައި ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ގަސްތުގައި ބަޔަކު ކުރި ކަމަކަށް ވެދާނެކަމަށް މިނިސްޓަރު މާރިޔާ ތުހުމަތުކުރައްވާފައިވާއިރު މިފަހުން މާލެ އާއި އަތޮޅުތަކުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފުލުހުން ފަށައިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ފަހަކަށް އައިސް މާލެ އާއި އަތޮޅުތެރޭގައި އަލިފާނުގެ ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މާލޭގެ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ޑިސެމްބަރު މަހު ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ގުޅީފަޅުގައި ތިބޭ ތަނުގައި ހިނގި އަލިފާނުގެ ހާދިސާ ފާހަގަކޮށްލެވެއެވެ.

އަދި އަލިފުށީ ކުނިގޮނޑުގައި ހުރި ފައިބަރުތަކެއްގައި މިދިޔަ ހޮނިހިރު ދުވަހު އަލިފާން ރޯވި ހާދިސާ އާއި ގދ. ފިޔޯރީ ސްކޫލުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާވެސް ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ