Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ރިޒާވް

ދައުލަތުގެ ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް ހުރީ އެންމެ 67 މިލިއަން ޑޮލަރު

ދިވެހި ދައުލަތުގެ ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް ހުރީ 67 މިލިއަން ޑޮލަރުކަން ހާމަވެއްޖެއެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން ޑިސެމްބަރު މަހުގެ ނިޔަލަށް ރިޒާވްގައި މުޅިއެކު ހުރީ 827 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 200 މިލިއަން ޑޮލަރަކީ އިންޑިއާއިން ދަރަންޏަށް ނަގާފައިވާ ފައިސާއެވެ. އެ ފައިސާ އަނބުރާ ދައްކަން ޖެހޭއިރު ދެން ބާކީ ހުރި 627 މިލިއަން ޑޮލަރުގެ ތެރެއިން ބޭނުން ކުރެވޭ ގޮތަށް ހުރީ 67 މިލިއަން ޑޮލަރެވެ.

މިއީ 1 މަހުގެ އިމްޕޯޓަށްވެސް ނުފުދޭހާ މަދު މިންވަރެކެވެ.

ރިޒާވުން ޑޮލަރު މަދުވުމާއި ގުޅިގެން އެމްއެމްއޭ އިން މިހާރުވަނީ ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރުވެސް މަދުކޮށްފައެވެ. އެކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އަށް ވެސް ވަނީ އާންމު ރައްޔިތުންގެ ބޭނުންތަކަށް ޑޮލަރު ވިއްކުމާއި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. މި މަހުން ފެށިގެން ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރާ އޭލެވެލްއަށްވުރެ ދަށުގެ ދަރިވަރުންނަށް ބޭންކުން ޑޮލަރު ދިނުން ވަނީ ހުއްޓާލާފައެވެ.

ރިޒާވް ވަރަށް ބޮޑަށް މަދުވިނަމަވެސް ސަރުކާރުން ދަނީ ރާއްޖޭގެ އިޤްތިސާދު ވަރަށް ރަނގަޅުކަމަށް ބުނަމުންނެވެ. މިގޮތުން މިހާރު ރާއްޖޭގެ އިޤްތިސާދު ކޮވިޑު-19 ގެ ކުރިން އޮތް މިންވަރަށް ގޮސްފައިވާ ކަމަށް ދާދިފަހުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ