Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނާޒިމް ސައްތާރު

ނާޒިމް ސައްތާރު މިނިވަންވެއްޖެ

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުންހިންގި މައްސަލާގައި 3 މަހާއި 26 ދުވަހަށް ގޭ ބަންދުކުރި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު މިނިވަންވެއްޖެއެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމް ގޭބަންދުކުރުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ވީހާވެސް ކުޑަ އަދަބެއް އަންނަގޮތަށެވެ.

އަލަމްގިރިއާއި އެކު އެއް ޖިންސުން ގުޅުން ހިންގި މައްްސަލާގައި އިތުރު ބައެއް ފަރާތްތަކުގެ މައްޗަށްވެސް ދައުވާކޮށްފައިވާއިރު މިހާތަނަށް އެ މައްސަލާގައި ޖަލަށްލުމަށް ހުކުމްކުރީ އަލަމްގިރި އާއި ފުލުހެއްކަމަށްވާ ދޮންދިގުއާއެވެ.

އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުވާ އެންމެންގެ މައްޗަށް ގާނޫނުލްއުގުބާތުގެ ދަށުން ދައުވާ ކުރިއިރު، ޖިންސީ ކުށުގެ ގާނޫނުގައި ވެސް އެއްޖިންސުން ގުޅުން ހިންގުން ކުށެއްގެ ގޮތުގައި އޮވެ އެވެ. އެ ގާނޫނުގެ ދަށުން، ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5-7 އަހަރަށް ޖަލަށް ލުމެވެ.

އަލަމްގިރި ޖިންސީ ގުޅުން ހިންގި މީހުން ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އެންމެންވެސް ފުލުހުންވަނީ ދާދިފަހުން ދޫކޮށްލާފައެވެ. އަދި އެމީހުންނަށް ދައުވާ ނުކުރަން ވަނީ ނިންމާފައެވެ.

މި ލިއުމާއި ގުޅޭ