Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކަރެކްޝަނަލް ސާވިސަސް

"މުނީޒަށް ޖަލުގައި ދިނީ ނުބައި ބޭސް"، ފުރާނައަށް ނުރައްކާވެ މިހާރު އޮތީ އީއާރުގައި!

ހަރުކަށި ފިކުރާ ގުޅުވައި ތ.ތިމަރަފުށި ކެނެރީގެ އަލީ މުނީޒް އެންމެ ފުރަތަމަ ހައްޔަރުކުރީ 2020 ނޮވެމްބަރު 27 ގަ އެވެ. އޭރު އޭނާގެ އަންހެނުން އިނީ ބަލިވެ އެވެ. ފުލުހުން އައިސް އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ އަންހެނުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ތަނުގައި އިންދަ އެވެ.

ނަމަވެސް އާއިލާގެ އެދުމުގެ މަތިންނާއި ބަލި ހާލަތު ހުރި ގޮތުން މުނީޒް 100 ދުވަހަށް ގޭބަންދަށް ބަދަލުކޮށްދޭން ސަރުކާރުން ނިންމި އެވެ. އެކަމަކު އޭގެ ފަހުން އަނެއްކާވެސް ނިރުބަވެރި ހަރަކާތްތަކެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ކުރީކޮޅު ތިމަރަފުށިން ހައްޔަރުކުރި އަށް މީހުންގެ ތެރޭގައި މުނީޒް ހިމެނުނެވެ.
އެމީހުންނަކީ ދީނާ ދެކޮޅު ބައެއް ކަމަށް ދައުލަތުން ބުނާއިރު މުނީޒަށް ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާ އެވެ. ކުރި ވަކި ކުށެއް ނުބުނެ ދައުލަތުން ކުރި ޓެރަރިޒަމްގެ ކުށުގެ ދައުވާގައި ބުނީ މުނީޒު ވަނީ އަމާޒަށް ތީރުޖެހުމުގެ ތަމްރީނާއި، ރާޅާއި ދެކޮޅަށް ފެތުމާއި ތަންތަނަށް އެރުންފަދަ އުކުޅުތައް ދަސްކޮށްފައިވާ ކަމަށެވެ.

މުނީޒްގެ އާއިލާއިން "ދިޔަރެސް" އަށް ކިޔައިދިން ގޮތުގައި އޭނާ އަކީ ރަށުގައި އެއާޕޯޓުގައި ވަޒީފާ އަދާކުރަމުން އައި ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. ކުޑަ އިރުއްސުރެ ގޮހޮރުގެ މައްސަލަ ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް އޭގެ ސަބަބުން މާބޮޑު އުނދަގޫތަކަކާ ކުރިމައްޗެއް ނުވެ އެވެ.

މުނީޒްގެ ހާލަތު ގޯސްވީ ޖަލަށް ލުމަށްފަހު ފުރަތަމަ ބަލިވީ ހިސާބުން އެކަށީގެންވާ ބޭސް ފަރުވާ ނުލިބިގެން ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.
"ޖަލަށް ލާފަ ބައްޔާ ނުގުޅޭ ބޭސްދީދީ މިހާރު އެތަކެއް ފުރާނައަށް ނުރައްކާވާ ބައްޔެއްގެ ޝިކާރައަކަށް ވެފަ ވަނީ. ޕޮޓޭޝިއަމް ލީކުވުމާ ކްރިއޭޓިނިން އަން ބެލެންސް ވުމާ ބަނޑު ހަރުވެ ފުރަގަސް ފަރާތުން ލެ އައުމާ، ސެވިއާ ކޮށް ހޮޑުލެވުމާ މިކަންކަން މިހާރުވޭ،" މުނީޒްގެ ދައްތަ ބުންޏެވެ.
"ހަމަ ކޮންމެ އެއްޗެއް ކެޔަސް ހޮޑު ލެވުމުން ބަނޑުހައި ވެގެން ކާ އެއްޗެއް ދީބަލާށޭ ބުނުމުން ކަރެކްޝަންސް މީހުން މުނީޒަށް ފުރައްސާރަކޮށް މަލާމާތް ކޮށް ފޭކް ޖައްސަނީއޭ ކިޔާ ވަރަށް ބޮޑަށް ނަފްސާނީ ގޮތުންވެސް ބަލިކަށިވެފަ މިހާރު ވަނީ."
އާއިލާއިން ބުނި ގޮތުގައި މުނީޒަކީ މީގެ ކުރިން 80 ކިލޯ ބަރުދަނުގައި ހުންނަ މީހެއް ނަމަވެސް ޖަލުގައި ހުރި ދެ އަހަރު އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން މިހާރު ބަރުދަނުގައި ވެސް ހުންނަނީ އެންމެ 40 ކިލޯ އެވެ.

"މުނީޒަށް ކޮޅަށް ހުރެވޭ ވަރުވެސް ނުވޭ މިހާރު. މުޅި މީހާ ހުރީ މައްޔިތު ކަށިގަނޑަކަށް ވެފަ. ރަނގަޅަށް ކާންދެނީއެއްވެސް ނޫން ބޭސްފަރުވާ ކޮށްދެނީއެއް ނޫން. އެވަރުން ނުވެގެން ކުރި ކުށެއްވެސް ދައުލަތަށް ސާބިތުކޮށެއް ނުދެވުނު. ގެންގޮސް ގޮޅިއަށް ލައިފަ މީހުން މަރަނީ އެ ޕީޖީ ޝަމީމްއާ، އިބްރާހީމް މުހައްމަދު ސޯލިހާއި އިމްރާން ވެގެން،" އާއިލާއިން ބުންޏެވެ.

"ޑޮކްޓަރުން ވެސް ލިޔުން ދީފައިވަނީ ފުރާނައަށް ނުރަްކާވާ ބައެއް ކަމަށް ހައިޕޯކަލީމިއާ އެއީ. އެންމެ ފަހުންވެސް މިދިޔަ ޑިސެމްބަރު ކުރީކޮޅު ޓެސްޓުތައް ހަދާފަ ކުޑަކަމުދާ އެއްޗިހިން ޕޮޓޭސިއަމް ލީކުވާކަމަށް ޑޮކްޓަރު ބުނީ. އެހެންވެ އިތުރަށް ޓެސްޓުތައް ހެދުމަށް ލަފާދިނީ އެކަމަކު މިއަދާ ހަމައަށްވެސް އެއިގެން ޓެސްޓެއް ހަދާފައިނުވޭ."
މުނީޒްގެ އަންހެނުން މި ނޫހަށް ބުނި ގޮތުގައި ދެ އަހަރު ދުވަހު ކަރެކްޝަންސް މީހުންވީ އިހުމާލުގެ ސަބަބުން މުނީޒްގެ ހާލު ދެރަވެގެން މިހާރު އޮތީ އައިޖީއެމްއެޗްގެ އީއާރުގައި އެޑްމިޓްކޮށްފަ އެވެ.
"މިހާރު އެނގިފަ ހުރީ މިހާގެ ހަށިގަނޑުން ވަރަށް ބޮޑަށް ޕޮޓޭޝިއަމް ލީކު ކުރާކަން. ނުބައި ބޭސް ދިން. ދޫނިދޫ ޖަލުގައި އޮތް އިރު ފާހާނާއަށް ނުދެވި އެތައް ދުވަހެއް ވުމުގެ ސަބަބުން ބައިވަރު އެއްޗިހި ބޭނުންކޮށްގެން އެމީހުން ފާހާނަކުރުވަން، ހޫނުފެން އަޅައި ޑިޓޯލާ އެއްޗިހިވެސް ބޭނުންކުރި ކަމަށް ބުނި ފާހާނާއަށް ނުދެވޭތީ،" މުނީޒާ ހަވާލާދީ އޭނާގެ އަންހެނުން ބުންޏެވެ.
"ދޫނިދޫގަ އޮތް އިރު ވަރަށް ބޮޑުވަރުވި. އެމީހުން ފާޑުފާޑު ނުބައި ބޭސް ބޭނުންކުރަން ފެށުމުގެ ކުރިން ހަމަ އެއްކޮށް އޯކޭ. ގޮހޮރުގެ މައްސަލަ ހުއްޓަސް ހަމަ،"
އޭނާގެ އަންހެނުން ބުނި ގޮތުގައި ބަލި ހާލަތު ހުރި ގޮތުން މުނީޒް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި ޕީޖީ ހުސައިން ޝަމީމާއި ސީޕީ މުހައްމަދު ހަމީދާވެސް ވަނީ ބައްދަލުކޮށްފަ އެވެ. މަޖިލީހަށާއި ޕޮލިހަށް ސިޓީ ލައިގެންވެސް ކޮންމެ ފަރާތަކުންވެސް ކޮށްލަނީ ރިޖެކްޓެވެ.
އާއިލާއިން ބުނި ގޮތުގައި ތިމަރަފުށީ ކައުންސިލުން ވެސް މުނީޒް އެއީ ރަށަށް އަދި މުޖްތަމައުއަށް ހުރި ނުރައްކަލެއް ނޫން ކަމަށް ބުނެ ލިޔުން ދީފަ އެވެ. އަދި ރަށުގެ 200 އަށްވުރެ ގިނަ މީހުން ސޮއިކޮށް ކަމާ ގުޅުންހުރި އިދާރާތަކަށް ޕެޓިޝަނެއްވެސް ހުށަހެޅި އެވެ.
"ޕީޖީ ޝަމީމް ހަމަ ވިދާޅުވަނީ މުނީޒް އަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް. ކޮން ގޮތަކުންތޯ މުނީޒް ނުރައްކަލަކަށް ވީ މުނީޒަކީ ރަށުގައި ވަޒީފާ އަދާކުރަމުންދިޔަ މީހެއް. ރަށު ކައުންސިލާއި ރައްުިތުން އެބަ ބުނީ އޭނާއަކީ ނޯމަލް ދިރިއުޅުމެއް މީހެއް ކަމަށް،" އާއިލާއިން ބުންޏެވެ.
"މިހާރު އާދޭސް ނުކުރާ މީހެއް ނުހުންނާނެ. [މުނީޒްގެ] މަންމަ ދިޔަ ރައީސްގެ އަރިހަށްވެސް ގޮސް ވާހަކަދެއްކި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކައިރިއަށް ގޮސްވެސް ވާހަކަދެއްކި، މަޖިލީހަށްވެސް ސިޓީ ފޮނުވިން. ޕޮލިހަށާއި ކަރެކްޝަންސްގެ ސީޕީ އާވެސް ބައްދަލުކުރިން، ހޯމް މިނިސްޓަރާވެސް ބައްދަލުކުރިން." މުނީޒްގެ އަންހެނުން ބުންޏެވެ.
މި ލިއުމާއި ގުޅޭ