Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުވައްމުލައް

ބަރާބަރަށް ފީ ދައްކާއިރުވެސް ކުނި ނުނަގާތީ ވެމްކޯ އޮފީސް ދޮރުމައްޗަށް ކުނި އަޅައިފި!

ޏ. ފުވައްމުލަކުގެ ނަން މަޝްހޫރު ބާބާ ގާޑިއާއިން ވެމްކޯއަށް ބަރާބަރަށް މަހު ފީ ދައްކަމުން އަންނައިރުވެސް އެފަރާތުގެ ކުނި ނުނަގާތާ ގިނަ ދުވަސްވެގެން ވެމްކޯ އޮފީސް ދޮރު މައްޗަށް ކުނިއަޅައިފިއެވެ.

ބާބާ ގާޑިއާއިން ކުނި ނުނަގާތާ 3 ދުވަސް ވުމުން އެ ގާޑިއާގެ ވެރިފަރާތުން ވަނީ އެކަން ފާހަގަކޮށް ދެން އެ ކުނި އަޅަންވީ ވެމްކޯ އޮފީސް ދޮރުމައްޗަށްތޯ އަހާ އެފަދަ އިންޒާރެއްވެސް ދީފައެވެ.

އެ އިންޒާރަށްފަހުވެސް ވެމްކޯއިން ކުނި ނަގާފައި ނުވާތީ އެ ފަރާތުން ވަނީ ވެމްކޯގެ އޮފީސް ދޮރު މައްޗަށް ކުނިތައް ގެންގޮސް އަޅާލާފައެވެ.

ނަމަވެސް އޭގެ ފަހުން އެކަމަށް މާފަށް އެދި އެފަރާތުން ކުރި ފޭސްބުކު ޕޯސްޓެއްގައި ވަނީ ބާބާ ގާޑިއާއިން ވެމްކޯ އިން ކުނި ނުގެންދާތާ ފުދޭވަރަކަށް ދުވަސްވެފައިވާކަން ފާހަގަކޮށްފައެވެ. އަދި ކޮންމެ ފަހަރަކުވެސް އެ ފަރާތުން ޖެހެނީ ކުނި ގެންދާށޭ ކިޔައިގެން ގުޅާ އާދޭސްކުރަންކަމަށާއި ވެމްކޯ އޮފީސް ދޮރު ކުރިމައްޗަށް ކުނި އެޅުނީ ގިނަ ދުވަސްތަކެއް ވަންދެން ކުނި ނުނަގާތީ އެކަމުގެ އުނދަގޫ މާބޮޑުވީމައިކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ބާބާ ގާޑިއާއިން އިތުރަށް ބުނީ އެ އަމަލަށް ޓަކައި އެންމެންގެ ކިބައި މާފަށް އެދޭކަމަށާއި އެފަދަ ކަމެއް ތަކުރާރު ނުކުރާނެކަމަށެވެ.

އަދި ވެމްކޯގެ ކިބައިންވެސް މާފަށް އެދި ބާބާ ގާޑިއާއިން ވަނީ މަހުން މަހަށް ދައްކަން ޖެހޭ ފީ އެފަރާތުން ދައްކަމުންދާކަން ފާހަގަކޮށް ދުވަހުން ދުވަހަށް ކުނި ނަގަން ވެމްކޯއަށް ނަސޭހަތްތެރިވެފައެވެ.

މި ލިއުމާއި ގުޅޭ