Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު އަސްލަމް

އަސްލަމް ނަޝީދަށް: ސަރުކާރުން ޚިލާފުވި އެމްޑީޕީގެ ފިކުރެއް ނެތް، ތިޔަ އުފަންކުރައްވަނީ އެހެން ފިކުރެއް

ރައީސް މުޙައްމަދު ނަޝީދާ ވަރަށް އަރިސްކޮށް ކުރިން އުޅުއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އެމަނިކުފާނަށް ވަރަށް ބޮޑަށް ރައްދުދެއްވައި ސަރުކާރު ދިފާއުކުރައްވައިފިއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުގެ މަޤާމުގައި ހުންނެވި އަސްލަމް ރައީސް ނަޝީދަށް ރައްދުދެއްވީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ހޯދުމަށް ރޭ ނ.ވެލިދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ދައްކަވާ އެއް ވާހަކަފުޅަކީ މި ސަރުކާރުގައި އެމްޑީޕީގެ ސިފަތަކާއި ކުލަތައް ފަޑުވަމުންދާކަމުގެ ވާހަކައެވެ. އަދި ޕާޓީގެ ތެރެއިން އެމްޑީޕީގެ ވިސްނުމާ ދުރު ފިކުރެއް ފާޅުވަމުންދާކަމުގެ ވާހަކައެވެ. އެގޮތުން ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީން މައުމޫނީ ސިފަތައް މިހާރަކަށް އައިސް ފެނިވަޑައިގަންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ނަޝީދުގެ މި ވާހަކަފުޅުތަކާ ގުޅިގެން އަސްލަމު ވިދާޅުވެފައިވަނީ ނަޝީދުގެ ވާހަކަފުޅުގައި އެ ވިދާޅުވާ އެމްޑީޕީގެ ފިކުރަކީ ކޮބައިކަން އޭނާއަށް އޮޅިވަޑައިގެންފައިވާ ކަމަށެވެ. "އަޅުގަނޑަށް މުޅިން އޮޅިއްޖެ، އެމްޑީޕީގެ ފިކުރަކީ ކޮބައިތޯ؟ ތިޔަ ވިދާޅުވާ ފިކުރަކީ ކޮބައިތޯ؟ އަޅުގަނޑުމެންނަށް ފޮރުވައިގެން އަޅުގަނޑުމެންނަށް ނާނގައި މުޅިން އެހެން ފިކުރެއް ގެންގުޅުއްވަނީތޯ؟،" އަސްލަމް ސުވާލުކުރެއްވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ އޭނާއަށް އެމްޑީޕީގެ ފިކުރަކީ ކޮބައިކަން ސާފުކަމަށެވެ. އެ ޕާޓީގެ ފިކުރަކީ އެ ޕާޓީގެ އަސާސީ ޤަވާއިދުގައި ސާފުކޮށް ލިޔެފައިހުރި އުސޫލުތަކާއި އަގުކުރުންތައްކަމަށް އަސްލަމް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެނގޭ އެމްޑީޕީ ފިކުރަކީ އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ލިޔެފައިވާ އަސާސްތައް. އެމްޑީޕީގެ ވެބްސައިޓު ބަލައިލީމައި މިހާރުވެސް ފެންނާނެ އެމްޑީޕީ ޤަބޫލުކުރާ އުސޫލުތަކާއި ހަމަތައް،" އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ފިކުރަކީ އެ ޕާޓީގެ އަސާސީ ޤަވާއިދުގައި ހުރި ކަންކަމާއި، އެ ޕާޓީގެ ވެބްސައިޓުގައި ބަޔާންކޮށްފައިވާ އެ ޕާޓީގެ ޤަބޫލުކުރުންތައްކަމަށް ވިދާޅުވުމާއެކު އަސްލަމްވަނީރައީސް ޞާލިޙުގެ ސަރުކާރުން ޚިލާފުވެފައިވަނީ އެއިން ކޮން އަސާސަކާތޯ ސުވާލުކުރައްވާފައެވެ. އިތުރަށް އޭނާ ވިދާޅުވީ އެމްޑީޕީގެ އަސާސަކާ ރައީސް ޞާލިޙު ޚިލާފުވެވަޑައިގެންނެވި ތަނެއް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އިތުރަށް އަސްލަމް ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ ވަކި މީހެއްގެ ފިކުރެއް ނޫން ކަމަށާއި، އެ ޕާޓީގެ ފިކުރަކީ ޕާޓީގެ އަސާސީ ޤަވާއިދާއި، ޕާޓީގެ ނިންމުންތަކުގައި ފެންނަން ހުރި ކަންތައްތަކެއް ކަމަށާއި، އެނޫން ފިކުރެއް އެމްޑީޕީގެ ނަމުގައި ނުނެރެވޭނެކަމަށް ވިދާޅުވެ އަސްލަމް ތުހުމަތުކުރެއްވި ގޮތުގައި ރައީސް ނަޝީދު މިހާރު މަސައްކަތްކުރައްވަނީ މުޅިން އައު އެހެން ފިކުރެއް އުފަންކުރައްވާށެވެ.

އެމްޑީޕީގެ ފިކުރު އުފަންވެ ފާއިތުވި 17 އަހަރު ދެމިއޮތީ ވަކި ފަރުދެއް ނުވަތަ ވަކި މަދު ބައެއްގެ މަސައްކަތުން ނޫންކަމަށާއި، އެ މަސައްކަތަކީ ވަރަށް ގިނަ ބަޔަކު ޤުރުބާންވެގެން ކުރި މަސައްކަތުންކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީ އިސްލާހުކުރުމާއި ސިޔާސީ ޙައްޤުތައް ކަށަވަރުކުރަން ކުރެވުނު މަސައްކަތުގައި އެ ޕާޓީގެ މޭސްތެރިޔަކީ ރައީސް ޞާލިޙުކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ކުރިން ރައީސް ނަޝީދަކީ ޑިމޮކްރަސީގެ ބާނީކަމަށާއި، ރާއްޖެއަށް ޙަޤީޤީ މިނިވަންކަން ހޯއްދަވައިދެއްވި ލީޑަރަކީވެސް އެމަނިކުފާނުކަމަށް ކުރިން ވިދާޅުވި ވަރަށް ގިނަ ބޭފުޅުން މިހާރު ވިދާޅުވާ ގޮތުން އެއިރު އެމްޑީޕީން ކުރި ހުރިހާ މަސައްކަތެއްގެ ޙަޤީޤީ މޭސްތެރިޔަކީ އަދި ރޭވުންތެރިޔަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ލިއުމާއި ގުޅޭ